ރާގު: އަސަރު ތަޤްދީރުގައި ހުރިގޮތް…..
ފިސާރިތެދެއް މިވާލޯބިން ނެތޭ އިތުރަށް ކެތެއް ކުރެވެން
މިސާލުނެތޭ ޖެހޭކަށްދެން ފުރާނަ ނުލައި ނެތޭ އުޅެވެން
ބަގީޗާގައި ފޮޅޭ ހިނދުގައި އުޅޭ ބީހެން ހަނދާންވާތީ
ޙަޤީޤަތް ނޯޅުވައި މިދެނީ ކިޔައި ނެތުނީމަޔޭ ފޮރުވެން
ނަގާފައި ހިތްމަގޭ މިދެނީ ދެފުށް ފުރޮޅައި ބަލައި ހެދުމަށް
ހަނގާއޭމީ އަޅޭ ނުހިތައި މިއެދެނީ ފޮނި މަލުން ލިބެވެން
ފޮޅޭހިނދުމާ ހިތުން ނުފިލާ ލިބޭ ވަސްމީރު ފޮނިކަމަކުން
އޮޅޭވަރު ބުއްދިވީ މަސްތީ އަސަރު ލެޔަކުން ނެތޭ ފިލުވެން
ހިތަށް ތަޞްވީރުވާ އަސަރީ ފޮޓޯ އަބަދާ އަބަދު ފެނިދާ
ހިތަށް ތަދުކޮށްލަ ކޮށްލާހުރި ހިތުގެ ވިންދުން ނެތޭ ކެނޑުވެން
ލެޔާ ކަރުނުން ލިޔާ މިސިޓީ ގޮމާފުޅުދޮން އަތަށް ފޮނުވީ
ހެޔާ ހަމަބުއްދި ނުފިލާވަރު ޖަވާބުފުޅެއް އަދައި ލިބެވެން
