ހުސްވެ ދިޔަޔަސް ހިނގި ނަކަތް ދީލުނަ ނުދޭށިޔެ ދަތުރުގައި
ފުސް ވިލާކޮޅުކޮޅުގެ ސަބަބުން އެނބުރުނަސް ވައިވަޅުގެ ވައި
ހުންނަ ތަން ރަނގަޅަށް ބަލައި ދާންވާ ރަށާ އޮޑި ފޭވެގޮސް
ފުންސަ އޮޑި ބައްސައިނުލައި ކުރިޔަށް ދެވޭތޯ ގަދައަޅައި
ގިރިތަކާ ފަރުފަރު ބަލައިގެން އެެއްޗަކަށް އުރުވައި ނުލައި
ތިރިނުކޮށް ރިޔަލެއް ކޮޅަށްޖެހި ދާށެ ކުރިޔަށް ބާރުލައި
އޮއިވަރަށް އޮޑި ދަށްވެދާވަރު ތަރިތަކަށް އަޅަމުން ފިލާ
ފޮއިގެ ކަޅު އަނދިރީ ތެރޭވެސް ދާށެ ބަލަމުން ފާރަލައި
ދަށްވެ ފަރަކުން ނޭރިދާނަމަ ފަރުމަތިން އެރުމަށްޓަކާ
ފައްޔަށާ ރިތްދަނޑިތަކަށް ހުށިޔާރުވަނި ފަރު ބޭރުގައި
ކާމިޔާބުގެ ދަތުރަކުން ނިންމާލެވޭހުށި ފެށި ފަތުރު
ޖާމިނުވި މުދަލުގެ ނަފާ ނެރެވޭނެ ދަތުރުން ގުނަވެފައި
