Support Us

އީރާނުގެ "ޙައްޖު ޤާސިމް" މިސައިލްގެ ވާހަކަ

އެމެރިކާއާއި އިޒުރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މި ދަނޑިވަޅުގައި، އީރާނުން ވަނީ އެ ޤައުމުގެ އެންމެ ވަރުގަދަ އެއް ހަތިޔާރު ކަމަށްވާ "ޙައްޖު ޤާސިމް" ބެލިސްޓިކް މިސައިލް ފުރަތަމަ ފަހަރަށް ހަނގުރާމައެއްގެ ތެރޭގައި ބޭނުންކޮށްފައެވެ. މި މިސައިލަށް ނަން ދެވިފައިވަނީ 2020 ވަނަ އަހަރު އެމެރިކާއިން ދިން ހަމަލާއެއްގައި ޝަހީދުކޮށްލި އީރާނުގެ ގުދުސް ފޯސްގެ ކުރީގެ ކޮމާންޑަރު ޖެނެރަލް ޤާސިމް ސުލައިމާނީގެ ހަނދާނުގައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މިސައިލް މި ވަނީ އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އިޒުރޭލަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައެވެ. މި ހަމަލާ އީރާނުން ސިފަކޮށްފައި ވަނީ އިޒުރޭލުގެ އަނިޔާވެރިކަމާއި ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އުޅުމާ ދެކޮޅަށް އީރާނުން ދިން ވަރުގަދަ ރައްދެއްގެ ގޮތުގައެވެ. މި ހަމަލާއަކީ އީރާނުގެ އަސްކަރީ ގާބިލުކަން ދުނިޔެއަށް ފެނިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.

"ޙައްޖު ޤާސިމް"ގެ ރޭންޖަކީ 1300 ކިލޯ މީޓަރެވެ. މި މިސައިލުން 550 ކިލޯގެ ވޯގެޑް އުފުލައެވެ. މިއީ މެދުރާސްތާ މިސައިލެކެވެ.

"ޙައްޖު ޤާސިމް" މިސައިލަކީ ދުރު ރާސްތާގެ، ސަރަހައްދީ ބާރުތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ފަދަ ޒަމާނީ ވަސީލަތެކެވެ. އީރާނުގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ މި މިސައިލްގެ ފުރަތަމަ ބޭނުންކުރުމާއެކު، މުޅި މެދުއިރުމަތީގެ އަސްކަރީ މަސްރަހަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މިއީ އިޒްރޭލުގެ ދިފާޢީ ނިޒާމުތަކަށް ގޮންޖަހައިލެވޭ ފަދަ ހަތިޔާރެއް ކަމަށް އަސްކަރީ މުހައްލިލުން ދެކެއެވެ.

އެމެރިކާއާއި އިޒްރޭލުގެ އިއްތިހާދުން އީރާނުގެ މަސްލަހަތުތަކަށް އަރައިގަންނަމުންދާ ދިއުމުގައި، "ޙައްޖު ޤާސިމް" މިސައިލްގެ ބޭނުން ހިފުމަކީ އީރާނުން އެ ޤައުމުގެ ސިޔާދަތު ދިފާއުކުރުމަށް ފަސްނުޖެހޭނެ ކަމުގެ ސަރީހަ މެސެޖެކެވެ. މިއީ އިސްލާމީ އުންމަތުގެ ދިފާޢުގައި އަދި އަނިޔާވެރި ބާރުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ އައު ބާބެކެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *