ނިޢުމަތްތަކަށް ރޯދައިގެމާތް ރުހިގެން ޝުކުރު ކުރުމަށްޓަކާ
ކިއުމަށް ތަހާނީ އުފަލުގައި ތައްޔާރުވާން ޢީދަށްޓަކާ
ފުރިހަަމަވެފައި މައްސަރުގެހެޔޮ އަޅުކަންއަދާކޮށް ނިންމިގެން
ކުރިމަތިލަނީ އަޑުއުފުލަމުން ތަކުބީރު ބޮޑު ކިޔުމަށްޓަކާ
ކުރަމުން ސަލާން މުސްލިމުތަކުން ދުވަހުގެ ފަޖުރުގައި ތެދުވެގެން
ފުރަތަމަ ނަމާދުން ޚާއްޞަވީ ސުންނަތް އަދާ ކުރުމަށްޓަކާ
ބޭނުންއެތައް ލައްޒަތުރަކެއް ދޫކޮށްލެވުނު ތަމްރީނުގައި
ހޭނުވި ނަފުސު ސީދާކުރަން ފުރުޞަތު ލިބުނު ލިބުމަށްޓަކާ
ރަށްޓެހި އަވައްޓެރި އެންމެނާ އަދި ގާތްތިމާގެވި އެންމެނަށް
ކައްކައި ކެއުންތައް މީރުވީ ރަހަރަހަ ތަކުން ދިނުމަށްޓަކާ
ޢީދުގެ އެހެރަ ހެޔޮ އާދަތަށް މިޒަމާނުގައި އުވިފައި ވިޔަސް
ޢީދުގެ އެހެޔޮހައި އާދަތައް ދިރުވައި އުފާ ކުރުމަށްޓަކާ
