ވަކިވެގެން ނުދަނީސް މިމެހުމާނަށް ކުރިންތޯ ޚިދުމަތެއް
ވަކިވަކިން ބެލުމީ އެކަން މިތުރުންގެ މައްޗަށް އޮތްކަމެއް
ހިނދުކޮޅެއްގައި ދާދިމަދު ހުރެފައި ފުރައިގެންދާ ކަމަކު
ޚިދުމަތެއް އުނިކޮށްނުލައި ދިނުމީ ނުހަނު ބޮޑު ހެޔޮކަމެެއް
މައްސަރަކު އެކުގައި ވެއަތުކޮށް ވަކިވެގެން ދާއިރުދުރަށް
ބަސްތަކުން ހެޔޮ ހިތްފުރައި ދިނުމީ ވަރަށް މަތިވެރިކަމެއް
އުނިވެގެން ދިޔަނަމަކަމެއް މިތުރަށް ނުދެވިއޮވެ ދޫވެގެން
ނުނިޔަތެއް ނުލިޔަސް އެއީ، އިހުމާލުގައިވީ ދެރަކަމެއް
ކަންއެހެން ދިޔަނުދިނުމަށް އެދި ގަދައަޅައި ދީގެން ކަނެއް
ތަންވަޅެއްވެސް އެކަނި ދޫކޮށް ނުލުމަކީ ހުރި ހެޔޮކަމެއް
އަލްވަދާޢުގެ ވަގުތު ޖެހެމުން އަންނަކަން ދަނެގެން ކުރިން
ޤަލްބު ޚާލިޞްކޮށް ރަނގަޅު ހަދިޔާ ދިނުން ލާޒިމުކަމެއް
