ޢިބާދާތުގެ މިތަމްރީނުން ލިބުނު ފައިދާ ނުލާށެ ނަގައި
ލިބާސް ތަޤުވާގެ ޒީނަތްތެރި ނުދޭށިޔެ ވިޔަކިލާ ފަސްބައި
ހިތާ ނަފުސަށް ލިބުނު ލުއިކަން މިތަމްރީނުގެ ނަފާތަކުގައި
މިތާނގައި ދިރިއުޅެން ބޭނުން ހިފާށިޔެ އުނިނުވާ ގޮތުގައި
ރުކޫޢު ސުޖޫދުކޮށް އުޅުމަށް ލިބުނު ހަށިފައިކަމުގެ ފަހިކަން
ސުކޫތެއްހައި ހިނދަށްވެސް ދެން ނުލާށިޔެ ހަށިގަނޑުން ފިލުފައި
ހިފައިހެދުމަށް ތަވައްޠަޢު ރޯދަޔާ ސުންނަތުގެ ރޯދަ އިތުރު
ތިފަދައިން ހިފުމުގައި އަބަދަށަ ހުރުން ވެޔެ ލިބުނު ހެޔޮ ބައިގައި
ޠަބީޢަތުގައި ހަރުލި ހެޔޮކަން ހިފާ ރޯދައިގެ މީރުވަހާ
ޢަބީރުން ހުވަނދު ލައްވަނި މުޅި ވެށީގައި ވިހުރުވޭ ގޮތުގައި
ހަވާނަފުސުގެ ފަރާތަށް ދެން ނުލެބި ތަޤުވާގެ ނިވަލަށްވަދެ
އަވާމެންދުރުގެ ދަޅަތަކުގައި އުޅޭށިޔެ ނުޖެހި ދުނިޔޭގައި
ނަސޭހަތް ރޯދައިން ލިބިދޭ ހިފައިގެން ދުނިޔެ ނިންމާފައި
ފަސޭހަ ޙަޔާތަކަށް ފަހުގައި ދެވެންވީ ދުނިޔެ ދޫކޮށްފައި
