ނިކަމެތި ފަޤީރުންނަށްޓަކާ ނުކުރަންތަ ޞަދަޤާތެއް އަތުން
ބިކަހާލު ޖެހިފައިވާކަމުގެ އިޙުސާސުގައި ރަޙުމުގެ ގޮތުން
ދީލަތިކަމުގެމުށް ހުޅުވުމަށް އައުލާ މި ޚާއްޞަވި މައްސަރުގެ
ނީލަމުގެ ވާދައިގައި މޮޅުވެ ކުރިހޯދުމުގެ ނިޔަތެއް ގޮތުން
ދަހިވެތިކަމުގެ ދަބަރުން ހިތާ ނަފުސާ ސަލާމަތް ކުރުވުމަށް
ފަހިކޮށް މިއައި ފުރުޞަތުގެ ހެޔޮ ބޭނުން ހިފަން އެދެވޭ ގޮތުން
ހޯދައި ޖަމާ ކުރެވޭ މުދާ ކޮށްފައިޖަމާ ދާއިރު ހުހަށް
ހޯދަން އެއިން މަތިވެރި ދަރުމަ ޞަދަޤާތް އެއިންކޮށް ހެޔޮހިތުން
ބައިވަރުތަކެއް ނެތަކަސްދެވެން ރިޒުޤެއްގެ ގޮތުގައި ހިމެނިދާ
ހައިހޫނުކަން ފިލުވޭނެފަދަ ކާނާގެ އެކިއެކި ބާވަތުން
ރަމަޟާން މަހުގެ ހެޔޮ ޢަމަލުގައި ދަހިވެތިވުމުން ހިތްސާފުވާ
ޢަމަލެއް ކަމަށްވާ ހޭދަކޮށް އުޅުމުގެ އުފާ ހޯދޭ ގޮތުން
