ތަޤުވާގެސިފަ ޙާޞިލުކުރުން ރޯދައިގެ އަޅުކަމުގައިވެޔޭ
މަގުގައި ޞިރާޠުގެ ހިނގުމުގައި ތަޤުވާގެ ސިފަ ލާޒިމުވެޔޭ
ކެއުމާއި ބުއިމާ އެއްގޮތަށް ޖިންސީ އުފާ ދޫކޮށްލިޔަސް
ހެއު ރޯދައެއް ފުރިހަމަކުރަން ތަޤުވާގެ ސިފަ ބޭނުންވެޔޭ
ނަބަވިއްޔާ އިރާޝާދަށް ނަޒަރު ހިންގާބަލާއިރު ދޭހަވާ
ޚަބަރުން އެކަންކަން ސާފުވާ ސާބިތު ޙަދީސް އެތަކެއްވެޔޭ
ލަނޑުދަނޑިޔަކީ ދަރުމައިގެބައި ހަމައެކަނި ގިނަކުރުމޭހިތައި
ދަނޑުގައި ޢިބާދާތުގެ ގޮވާން އިންދައި ރުވާކަށް ނޯވެޔޭ
ސީދާވެގަނެ ތެދުވެރިވުމަށް ނަފުސާ ހިތާ ހާނައިނުލެވި
ޢީދާ ވިޔަސް ބައްދަލު ތެދޭ ރޯދައިގެ އެއްބައި އުނިވެޔޭ
ނަފުސަށް ނަސޭހަތްތެރިވެގެން ތަޤުވާގެ ސިޔަށް ހޭނުމުން
ކަފުނުގެތެރޭން ތެދުވާދުވަހު "ރައްޔާނު ދޮރުކޮޅު" ހުޅުވެޔޭ
