ދެރޭއްގެ ފަހުންފެށޭ ފަހުދިޔަ ނުލައްޗެނަގާ ތަހައްޖުދުގައި
އެރޭއްގެ މޮޅާ ސަވާބާ ދަރުމައެއް އުނިކޮށްލެވޭ ގޮތުގައި
ވެއަތުވީ ރޭތަކާ ދުވަހާ ނުހަނު ފުރިހަމަ ގޮތުން ހޯދައި
އެއަށްކުރުމަށް އިތުރުހެޔޮކަން ނިކަންގަދަ ހިއްވަރާއެކުގައި
ހަޔާތުގެހެޔޮ މިފަދަ ފުރުޞަތު ނަފާއެއް ނުލިބި ގެއްލުމަކީ
ވަޔާދާ ކުނޑިތަކެއް ފަދައިން ޢުމުރުލެވުމޭ ނަގައިއެކުގައި
ލިބޭހަމަ އެންމެ ފުރުޞަތަށް ޙަޔާތުގެ ވަގުތުކޮޅު ވާއިރު
ތިބޭން ޣާފިލު ކަމެއްގައި ހެޔޮނުވާނޭ މުސްލިމުންގޮތުގައި
ކަހައިލައި އޮއިވަރާ ދިޔަތަން މަގަށް އޮޑިފޭވެ މިޞްރާބުން
އަހައި ދަސްކޮށް ޅަފަތުގައިހެދި މަގަށްގެންނާށެ އޮޑިކަނޑުގައި
ނިޔާމައިގައި ނުހަނުފަހިކޮށް ކުރަން ދަތުތެއް ލިބުނު މިނަކަތު
ރިޔާތަށް ފަހިވަޔަށް ފޮޅުވައި ކުރާށޭ ދަތުރު ފަހިވައިގައި
