Support Us

އދ.ގެ ސަލާމަތީ މަޖިލީހުގައި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ބައްދަލުވުމުގެ ރިޔާސަތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމަޕްގެ އަނބިކަނބަލުން މަލާނީއާ ޓްރަމްޕް ބަލަހައްޓަވަނީ

ޓްރަމްޕްގެ އަތުގައި އީރާންގެ ތުއްތުކުދިންގެ ލޭ، އަނބިކަނބަލުން އދ.ގެ ކުޑަކުދިންނާ ބެހޭ ބައްދަލުވުމެއްގެ ރިޔާސަތަށް

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ހޮނިހިރު ދުވަހު ދޭން ފެށި ހަމަލާތަކުގައި މިނާބްގައި ހުރި އަންހެންކުދިންގެ ޕްރިސްކޫލަކަށް ހަމަލާދީ 165 ތުއްތުކުދިން ޝަހީދުކޮށްލުމުގެ ހާދިސާއަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މަލާނީއާ އދ.ގެ ސަލާމަތީ މަޖިލީހުގެ ކުޑަކުދިންނާ ބެހޭ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.

މިއީ ތާރީހުގައި ވެސް ދުނިޔޭގެ ވެރިޔަކު ވެރިކަމުގައި ހުންނަވަނިކޮށް އޭނާގެ އަނބިކަނބަލުން އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.

"ޗިލްރަން، ޓެކްނޮލޮޖީ އެންޑް އެޑިއުކޭޝަން އިން ކޮންފްލިކްޓް" ނުވަތަ ލަފުޒީ މާނައިން "ހަމަނުޖެހުންތަކުގައި ކުޑަކުދިން، ޓެކްނޮލޮޖީ އަދި ތައުލީމު"ގެ ނަމުގައި އިއްޔެ ބޭއްވި ބައްދަލުވުމަކީ ސަލާމަތީ މަޖިލީހުގައި އޮންނަ ރިޔާސަތު ދައުރުކުރާ ނިޒާމުގެ ތެރެއިން އެމެރިކާއަށް މި މަހުގެ ރިޔާސަތު ލިބުމުން ބޭއްވި ސެޝަނެކެވެ.

ޝަޖަރާ ތޮއްޔިބާ ނަމަކަށް ކިޔާ އަންހެންކުދިންގެ ޕްރިސްކޫލަށް ހަމަލާދިންތާ ދެ ދުވަސް ފަހުން މަލާނީއާ ރިޔާސަތު ބެލެހެއްޓެވި ސެޝަން ބޭއްވިއިރު އދ.ގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ ޔުނިސެފާއި އދ.ގެ ތަރިކަތައް ރައްކާތެރިކުރާ ޖަމިއްޔާ ޔުނެސްކޯއިން ވަނީ މިނާބްގެ އެ ސްކޫލަށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ. އެ ދެ ޖަމިއްޔާއިން ވެސް ބުނީ މިނާބަށް ބޮންއެޅުމަކީ "އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނު ނާމާން ގޮތަކަށް މުގުރައިލުން" ކަމަށެވެ.

އީރާންގެ މިނާބްގައި ހުރި ޝަޖަރާ ތޮއްޔިބާ ޕްރިސްކޫލަށް އެމެރިކާ އާއި އިސްރާއީލުން ހޮނިހިރު ދުވަހު ދިން ހަމަލާގައި މަރުވި ތުއްތުކުދިންނަށް ކޮނެފައިވާ ވަޅުތަކުގެ ފޮޓޯ ހިމަނުއްވައިފައި އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓް

ޗައިނާއިން އދ.އަށް ކަނޑައަޅައިފައި ހުންނަވާ ދާއިމީ މަންދޫބު ފޫ ކޮންގް ވިދާޅުވީ ކުޑަކުދިންނަށް ހަމަލާދިނުން "ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ސްކޫލްތައް ސުންނާފަތިކޮށްލުމުގެ ޒިންމާ އެމެރިކާ އާއި އިސްރާއީލުން ނަގަންޖެހޭނެ" ކަމަށެވެ.

މަލާނީއާ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ސިފަކުރީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން ބޭއްވި ތާރީހީ ޑިޕްލޮމެޓިކް އިވެންޓެއްގެ ގޮތުގައެވެ. އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވީ އެމެރިކާއިން ގަސްދުގައި ސްކޫލަކަށް ހަމަލާ ނުދޭނެ ކަމަށެވެ.

އީރާންގެ މިނާބްގައި ހުރި އަންހެންކުދިންގެ ޝަޖަރާ ތޮއްޔިބާ ޕްރިސްކޫލަށް އެމެރިކާ އާއި އިސްރާއީލުން ހޮނިހިރު ދުވަހު ބޮންއެޅުމުން ސުންނާފަތިވެފައިވާ އިމާރާތުގެ ދަށުން މީހުންނާއި ތުއްތުކުދިން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ

ނަމަވެސް ފާޑުކިޔާ ފަރާތްތަކާއި އދ.ގެ ވަރަށް ގިނަ މެންބަރު ގައުމުތަކުން ވަނީ އެމެރިކާއިން ރޭވި، މަލާނީއާ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުން މި ބޭއްވި ދަނޑިވަޅަކީ އީރާނާ ދެކޮޅަށް އިސްރާއީލާ ގުޅިގެން އެމެރިކާއިން "އޮޕަރޭޝަން އެޕިކް ފިއުރީ" ނުވަތަ ލަފުޒީ މާނައިން "އޮޕަރޭޝަން ބޮޑު ރުޅިގަނޑު"ގެ ނަމުގައި ދޭން ފަށައިފައިވާ ހަމަލާތަކާ ދިމާވާ ވަގުތަކަށްވާތީ، އެ ކަމާ ސުވާލު އުފައްދައިފައެވެ.

އީރާނުން އދ.އަށް ކަނޑައަޅައިފައި ހުންނަވާ ދާއިމީ މަންދޫބު އާމިރު ސައީދު އިރަފަނީ ވަނީ ޕްރީސްކޫލުން 165 އަންހެން ދަރިވަރުން ޝަހީދުވި ކަމަށް އދ.އަށް އަންގަވައިފައެވެ.

އީރާންގެ މިނާބްގައި ހުރި އަންހެންކުދިންގެ ޝަޖަރާ ތޮއްޔިބާ ޕްރިސްކޫލަށް އެމެރިކާ އާއި އިސްރާއީލުން ހޮނިހިރު ދުވަހު ބޮންއެޅުމުން ސުންނާފަތިވެފައިވާ އިމާރާތުގެ ދަށުން މީހުންނާއި ތުއްތުކުދިން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ

"މަލާނީއާ ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމަކީ ވަރަށް ލަދުވެތި އަދި މުނާފިގު މީޓިންއެއް،" އޭނާ ވިދާޅުވިއެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަހީދުވި ތުއްތުކުދިންތަކަށް ކޮނެފައިވާ ވަޅުތަކުގެ ފޮޓޯއެއް ހިއްސާކުރައްވަމުން ވިދާޅުވީ "މިއީ ޓްރަމްޕް މީހުން 'ސަލާމަތްކުރުމަށް' ވާ ވައުދު ހަގީގަތުގައި ފެންނަން ހުރި ގޮތް" ކަމަށެވެ.

އީރާންގެ މިނާބްގައި ހުރި އަންހެންކުދިންގެ ޝަޖަރާ ތޮއްޔިބާ ޕްރިސްކޫލަށް އެމެރިކާ އާއި އިސްރާއީލުން ހޮނިހިރު ދުވަހު ބޮންއެޅުމުން ސުންނާފަތިވެފައިވާ އިމާރާތުގެ ދަށުން މީހުންނާއި ތުއްތުކުދިން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ

"އެ ކުދިންގެ ހަށިގަނޑުތައް ވަނީ އިރައިގެން ގޮސް ކުދިކުދިވެފައި… ޣައްޒާއިން މިނާބާ ހަމައަށް، މައުސޫމު ކުދިން ރަހުމެއް ނެތި މަރައިލައިފައި،" އަރާޣްޝީ ލިޔުއްވައިފައިވެއެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައި މަލާނީއާ ވަނީ އީރާނުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަރުވި އެމެރިކާ ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައިފައެވެ. ނަމަވެސް މިނާބުގެ ސްކޫލަށް ބޮންއެޅުމާ ބެހޭ ރިޕޯޓްތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ.

އީރާންގެ މިނާބްގައި ހުރި އަންހެންކުދިންގެ ޝަޖަރާ ތޮއްޔިބާ ޕްރިސްކޫލަށް އެމެރިކާ އާއި އިސްރާއީލުން ހޮނިހިރު ދުވަހު ބޮންއެޅުމުން ސުންނާފަތިވެފައިވާ އިމާރާތުގެ ދަށުން މީހުންނާއި ތުއްތުކުދިން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ

މަލާނީއާ ވަނީ "ޕީސް ތްރޫ އެޑިއުކޭޝަން" ނުވަތަ ލަފުޒީ މާނައިން "ތައުލީމުގެ ޒަރީއާއިން ސުލްހަ" ޕްރޮމޯޓް ކުރުމުގެ ހިޔާލު ފާޅުކުރައްވައިފައެވެ. ހަމަ އެ ގޮތަށް ސުލްހަ ޕްރޮމޯޓް ކުރުމަށް ޓެކްނޮލޮޖީ ވެސް ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުލްހައަކީ ނިކަމެތި އެއްޗަކަށް ވާކަށް ނުޖެހޭ،" އޭނާ ވިދާޅުވިއެވެ.

އީރާންގެ މިނާބްގައި ހުރި އަންހެންކުދިންގެ ޝަޖަރާ ތޮއްޔިބާ ޕްރިސްކޫލަށް އެމެރިކާ އާއި އިސްރާއީލުން ހޮނިހިރު ދުވަހު ބޮންއެޅުމުން ސުންނާފަތިވެފައިވާ އިމާރާތުގެ ދަށުން މީހުންނާއި ތުއްތުކުދިން ސަލާމަތްކުރުމުގެ މަސައްކަތްކުރަނީ

މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން "މައުލޫމާތު ޑިމޮކްރެޓިކް" ކުރެވިދާނެ ކަމަށް ނުވަތަ މައުލޫމާތު ލިއްބައިދިނުމުގައި ހުރި ހުރަސްތައް ނައްތައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދިޔަ ޖެނުއަރީ މަހު 30 ގައި މުޅި ދުނިޔޭގެ ސިނަމާތަކުގައި ވަނީ މަލާނީއާއާ ބެހޭ ޑޮކިއުމެންޓްރީއެއް ކަމަށްވާ "މަލާނީއާ" އަޅުވައިފައެވެ. އެ ޑޮކިއުމެންޓްރީ ރިލީޒްކުރުމަށްފަހު އެ ޑޮކިއުމެންޓްރީއާ ގުޅޭ އިތުރު ޑޮކިއުމެންޓްރީ ސީރީޒެއް މި އަހަރު ފަހުކޮޅު ރިލީޒްކުރަންވަނީ ހަމަޖައްސައިފައެވެ. އޭގައި ދައްކައިދޭނީ މަލާނީއާ އިސްކަންދެއްވާ ބައެއް ދާއިރާތަކެވެ. އޭގެ ތެރޭގައި ފޮސްޓާ އާއިލާތަކާ ހަވާލުކޮށްފައިވާ ކުޑަކުދިންގެ ދިރިއުޅުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *