މަންމަ، ބައްޕަގެ ޙައްޤުތައްވެސް އިސްކުރަންވީ މައްސަރޭ
ވަންތަ ދީލަތި ޙަޟްރަތަށް ކުއްތަން ވެވޭ ވަގުތުގެ ތެރޭ
އުފުވިޔަސް ނުބުނަން ވަޙީގައި އަންގަވާފައި ވާކަމުން
އުފުލުމަށް ބުރައެއް ޖެހުނުނަމަވެސް ހެވޭ ވާޖިބުތެރޭ
އިޢުތިކާފާ ދަމުނަމާދުގެ ވަގުތުގައި ކޮށްދީ ދުޢާ
ނިޢުމަތަށް އެދެމީހުނަށް ވާޞިލުވެވުން އެދި ހިތުތެރޭ
ޅަފަތުގައި އިބަ އުފުލިކަންް ދަނެ ބުރަތަކާއެކު ލޯބިދީ
ކަފަވެ ބޮލުހުޅި ދާދުވަހު ދީ ލޯބި ހެޔޮ ޢަމަލުގެ ތެރޭ
ޝިރުކު ނުކުރަން އޮންނަ ކޮންމެ އަމުރުފުޅެއް ފަހުގައިއޮތީ
ޙިކުމަތެއްގެ ގޮތުން ތެދޭ ޖެހިގެން އެ ޙައްޤޭ ފޮތުތެރޭ
ރޯދަ މަހަކީ ޚާއްޞަކުރެވޭ މައްސަރޭ ހެޔޮ ޢަމަލުގައި
ރޯދަޔާއެކުގައި އެވާޖިބު ފަހެ، ތިބާވެސް އިސްކުރޭ
