Support Us

އީރާނުގެ ރޫހީ ލީޑަރު ޝަހީދުކޮށްލީތޯއެވެ؟

އީރާނުގެ ދީނީ މުރުޝިދު އަދި ރޫހީ ލީޑަރު ސައްޔިދު ޢަލީ ހާމަނާއީ ޝަހީދުކޮށްލައިފި ކަމަށް ޒަޔަނިސްޓު އިޒްރޭލާއި އެމެރިކާއިން ބުނެއެވެ. މި ޚަބަރަކީ ތެދު ޚަބަރަކަށް ނުވަތަ ދޮގު ޚަބަރަކަށް ވެސް ވެދާނެއެވެ. މިއީ މުސްލިމުން ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދުކުރާ މުޖާހިދުން ކަންބޮޑުވާ ކަމެއްނޫނެވެ. މީގެ މާކުރިން ހާމަނާއީ ވަނީ ޝަހީދުވެވަޑައި ގަންނަވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ. އަދި އެ ޤައުމުގެ ފަޚުރުވެރި އަސްކަރީ ލަޝްކަރަށާއި ޒުވާނުންނަށް ވަނީ ދީނާއި ޤައުމަށް ޓަކައި ޖިހާދު ކުރުމަށާއި ޝަހީދުވުމަށް ޖެހިލުންވެ ފަސްނުޖެހުމަށް ގޮވާލައްވާފައެވެ.

ހާމަނާއީ ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނަކީ އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ މުސްކުޅިއެކެވެ. ދުނިޔޭން ދެން ބޭނުން ވާންވީ ކޮން އެއްޗެއް ތޯއެވެ. އާދޭހެވެ. އެ މަނިކުފާނަކީ އުމުރުފުޅުން 86 އަހަރުވެފައިވާ ހުރިހާ އިސްތަށްޓެއް ހުދު ނުރައަށް ވެފައިވާ ބޭކަލެކެވެ. އެކަމަކު މިއަދުގެ ދުނިޔޭގައި އެ ވަރުގެ ހިތްވަރު ގަދަ އިސްލާމީ ލީޑަރަކު ނެތެވެ. އެ ވަރުގެ ޢަޒުމު ވަރުގަދަ ވެރިއަކު ނެތެވެ. އެ މަނިކުފާނުގެ އެއް އަތްޕުޅު ހަރަކާތެއް ނުކުރެވެއެވެ. ސަލާމަތުން އޮތް އަތްޕުޅުން އަސާކޮޅެއް ގެންގުޅުއްވައެވެ. ހިންގަވައި އުޅުއްވެނީ މި އަސާކޮޅު ޖައްސަވައިގެން ވަރަށް މަޑުމަޑުންނެވެ. މިފަދަ ބޭފުޅަކަށް، ޚާމަނާއީ ޤަބޫލުކުރައްވާ ގޮތުގައި ލިބޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީ ޝަހީދެއްގެ މަތިވެރި ދަރަޖައެވެ.

މުސްލިމު މުޖާހިދުންނަކީ މަރަށް ބިރުގަންނަ ބައެއް ނޫނެވެ. އެކަމަކު ކޮމާންޑަރު ޝަހީދުވުމަކީ ލަޝްކަރުގެ ރޫޙާ ޖޯޝަށް އަސަރުކުރާ ކަމެކެވެ. އުހުދު ހަނގުރާމައިގެ ދުވަހު ވެސް މުސްރިކުން އިސްލާމީ ލަޝްކަރުގެ މަތިވެރި ކޮމާންޑަރު، ކައުއިތުރު ރަސޫރާ ޝަހީދުކޮށްލެވިއްޖެ ކަމަށް ބުނެ ޕްރޮޕެގެންޑާ ފެތުރިއެވެ. އެ ޚަބަރާއެކު މުސްލިމުންގެ ބަދަހި ސަފުތައް ވެސް ރޫޅިގެން ދިޔައެވެ.

ޔަހޫދީ ޒަޔަނިސްޓުން ފާއިތުވި ތަނުގައި ވެސް އެތައް ލީޑަރުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. ހަމާސްއާއި ހިޒުބުﷲ އާއި ހޫތީންނާއި އީރާނުގެ ނަން މަޝްހޫރު އެތައް ފަހުލަވާނުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. އެކަމަކު ލީޑަރޝިޕުގެ ސިލްސިލާ ދަނީ ކުރިއަށެވެ. އެއް ބޭފުޅަކަށްފަހު އަނެއް ބޭފުޅަކު އަންނަނީ ލީޑަރޝިފާ ހަވާލުވަމުންނެވެ. ތެދުވެރި، އިޚުލާޞްތެރި މުޖާހިދުން މަރަށް ބިރެއްނެތި އެ ވަޑައިގަންނަވަނީ ކުރިއަށެވެ.

ޔަހޫދީ ޒަޔަނިސްޓުންނަކީ މަރަށް ބިރުގަންނަ ފިނޑި ބައެކެވެ. ފާޑުފާޑުގެ ޕްރޮޕެގެންޑާތައް ފެތުރުމަކީ އެ މީހުންގެ އާދައެކެވެ. އީރާނުގެ ދީނީ މުރުޝިދު އަދި ސްޕްރީމް ލީޑަރު سید علی خامنہ ائ ދުނިޔޭގައި ހުންނެވިނަމަ އެމަނިކުފާނަށް ރައްކާތެރިކަން ދެއްވައި އުމުރުގައި ބަރަކާތް ލައްވާށިއެވެ. ޝަހީދުވެފައިވާ ނަމަ ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖައި ލައްވާށިއެވެ. އިސްލާމީ ޖުމުހޫރިއްޔާ އީރާނަށް ކާމިޔާބާއި ފަތަޙަ މިންވަރު ކޮށްދެއްވާށިއެވެ. آمين

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *