ފަހުމުކުރުމާއެކީ ޤުރުއާން ތިލާވަތު ކުރެވިދާ މަހެކޭ
ވަހުމުތަައް ހިތުތެރޭން ފޮހެލަން ލިބޭހެޔޮ ރަނުގެ ފުރުޞަތެކޭ
ސުލޫކަށް ހެޔޮއަސަރު ފޯރާ ހެދުން ތަޤުވާގެ ލެވިގެންދާ
ޢުލޫމަށް ފުންވި ޤުރުއާނަށް ނިކަން ފީނައި ހެދޭ މަހެކޭ
ނަމާދަށް ޚާއްޞަ ފަރުވާތެރިކަމެއްދެވިގެން ޖަމާޢަތުގައި
ނަމާދު އަދާކުރަން އިސްކަން ނުހަނުދެވިގެންވި މައްސަރެކޭ
ހިތަށްމަޑުމޮޅިކަމެއް ވެރިވާ ބަޚީލުކަމުގެ އަސަރުކެނޑިދާ
މިތައް ނިކަމެތި ފަގީރުންނަށް މަދަދުހެޔޮ ފޯރުވޭ މަހެކޭ
ނިދީގެ އަރާމު ދޫކޮށްފައި އިލާހީ ރުއްސެވުން ހޯދާން
މިދީނުގެ މާތްވި އަބުރާރުން ހިނގައިދިޔަމަގު ހިނގޭމަހެކޭ
ދިޔަސްފާއިތުވެ މާތްމައްސަރު އެނބުރިދާ އާންމުއާދައިގައި
ނިޔަތްގަނެ ހިތުތެރޭގައި ހެޔޮމަގުންދާން ކަނޑައެޅޭ މަހެކޭ
