ރޯދަޔާ ތަޤުވާގެ ގާތް ގުޅުމަށް ފިކުރު ހިންގާށިޔޭ
ރޯދަ ދޭ ތަމްރީނުތައް ހުރިހައި ރޮނގުން ހޯދާށިޔޭ
ނަފުސު ތެދުވެރިކަމުގެ މާތްސިފައިން ޖަރީކުރުމުގެނަފާ
ކަފުނުގައި ކުރެވޭ ދަތުރު ނިންމާ ދުވަހު ހޯދާށިޔޭ
ހިތްއެދޭ އެދުމަށް ނުރުހި ރަައްބީގެ އަމުރަށް ބޯލަނބައި
އިންތަކުންޝަރުޢީ ހިނގައި މަތިވެރި ދަރަޖަ ހޯދާށިޔޭ
ހައިކަމާ ކަރުހިއްކުމާ ނޫން އެއްކަމެއް ޙާޞިލުނުވާ
"ޚައިރު" އެެއްވެސް މިންވަރެއް ނެތް ރޯދައެެއް ނުހިފާށިޔޭ
"ސާއިލުން" ނަށް މޫނުފުސްކޮށް އަދި ދުރަށް ފައްސާލެވޭ
ދާއިރާއެއްގައި ނުހުރުމަށް އިސްކަމެއް ބޮޑު ދޭށިޔޭ
އެއްދުވަސްވެސް ދޫނުކޮށް ނަފުސަށް ނަސޭހަތް ދޭށިޔޭ
ދެއްވި ހެޔޮ ބުއްދީގެ ބައްތިން އަލި މަގަށް އަޅުވާށިޔޭ
