ސިފަތަކުން ތަޤުވާގެ މަތިވެރި މުޅި ޙަޔާތް ރޯޝަން ކުރޭ
މިފަދަ މަތިވެރި އަޅުކަމެއްގައި ލާބަ ހޯދަން ދަސްކުރޭ
ހިތްއެދޭ އެދުމުގެ އަޅެއްކަގައި ވެގެން އުޅުމާވެ ދުރު
ހިއްވަރާއެކު ކުށްތަކުން ދުރުހެލިވެވޭ ގޮތް އިސްކުރޭ
ފަތް ކަނާތަށް ލިބި އުފަލުގައި އަހުލުނާ ބައްދަލުކުރަން
ފަތް ވައަތްކިބައިން ލިބޭ ޢަމަލުން އަތާ ފައި ދުރުކުރޭ
ހިތުގެ ސާފަކަމާއި ޚާލިޞްކަން ބަހާ އަމަލާ ގުޅޭ
މިތުރުނަށް އިތުބާރު ކުރެވޭ ތެދުވެރީންގެ ތެރޭ ހުރޭ
ވަކިވެގެން ދިޔަކަމަކު މައްސަރު ހެޔޮކަމުން ފުރިގެންވިމާތް
ވަކިވެގެން ހެޔޮ އެއްކަމެއްވެސް ދިޔަނުދޭން ހިއްވަރުކުރޭ
ހަނދުމަނައްތައިލައިފިނަމަ ހެޔޮ އަމަލުތައް އާދަވި ރަނގަޅު
ބަދުނަސީބުގެ ދޮރުގެތަޅު ހުޅުވޭނެކަން ދަނެގެން ހުރޭ
