ލޯޔަރުންނަކީ ދޮގު ހަދާ ބައެއް ނޫނޭ ބުނެ އުޅެއެވެ. ކޮންމެއަކަސް ވަރަށް ވެސް ތެދުވެރި ލޯޔަރަކަށް ދޮގު ހަދަން މަޖުބޫރުވި ހާލަތެއް ދިމާވިއެވެ. ނަމަވެސް، އޭނަގެ ވިސްނުން ބޭނުންކޮށްގެން ދޮގު ނުހަދާ ސަލާމަތްވިއެވެ.
މި ނަންގަތް ލޯޔަރުގެ އަނތްބަކާއި 12 ކުދިން ތިބެއެވެ. ލޯޔަރު އޭނަގެ ގެ އަލުން ހަދަންވެގެން އެހެން ގެއެއް ކުއްޔަށް ހިފަން ޖެހުނެވެ. ނަމަވެސް، 12 ދަރިން ތިބި ވާހަކަ ބުނެފި ނަމަ ގެއެއް ކުއްޔަށް ހިފަން ލިބުމަކީ ވަރަށް ވެސް އުނދަގޫ ކަމަކަށްވާނެތާއެވެ. ގެއެއްގެ ވެރިފަރާތުން، ގެ ހަލާކުވެދާނެތީ އެހާ ބޮޑު އާއިލާއަކަށް ތަނެއް ކުއްޔަށް ނުދޭނެތީއެވެ.
މި އަނދަވަޅުން ސަލާމަތްވުމަށްޓަކައި ލޯޔަރު ވިސްނާލިއެވެ. ދެން، އޭނަގެ އަންހެނުން ގާތު ބުންޏެވެ: "އެގާރަ ކުދިން ގޮވައިގެން ކަނބުލޭގެ ސަހަރާއަށް ދާށެވެ. އަނެއް ދަރިފުޅު ގޮވައިގެން ގެ ކަންތަކާ އަހަރެން ދާނަމެވެ."
ދެން، ލޯޔަރު އޭނަގެ 12 ވަނަ ދަރިފުޅާއެކު ދެބަފައިން ކުލީގެތައް ބަލަން ދިޔައެވެ. އަދި، އޭނައަށް ކަމުދާ ތަނެއް ފެނުމުން އެ ތަނުގެ ވެރިފަރާތުގެ ކިބައިން އެ ތަން ކުއްޔަށް ހިފަން އެދުނެވެ. އެ ވަގުތު ގޭގެ ވެރިފަރާތުން ސުއާލު ކުރިއެވެ.
ގޭގެ ވެރިފަރާތް: އިނބަގެ ކިތަން ކުދިން ތިބޭ ހެއްޔެވެ؟
ލޯޔަރު: ބާރަ ކުދިން ތިބެއެވެ.
ގޭގެ ވެރިފަރާތް: އެހެން ވެއްޖިއްޔާ އަނެއް 11 ކުދިން ކޮބާ ހެއްޔެވެ؟
ލޯޔަރު (ވަރަށް ދެރަވެފައި): އެ ކުދިންގެ މަންމައާ އެކު އެ ހުރިހާ ކުދިން ވެސްވީ ސަހަރާގައެވެ.
ދެން، ގޭގެ ވެރިފަރާތުން ލޯޔަރުގެ މައްޗަށް ވަރަށް ހަމްދަރުދީވެ، ލޯޔަރަށް އެ ގެ ކުއްޔަށް ދިނެވެ.



advertisment