މިއީ މިހާރު ހޮލީވުޑް ފިލްމަކުން ފެނިދާނެ ސައިންސް ފިކްޝަން ހިޔާލެއް ނޫނެވެ. ފިންލޭންޑްގައި ސައިންސްވެރިން ކޭބަލްއާ ނުލައި ވައިގެ ތެރެއިން ވަޔަރުލެސްކޮށް ކަރަންޓު ފޮނުވަން ފަށައިފިއެވެ.
"މިއީ ޖާދުލެއް ނޫން. މިއީ ވައިގެ ޒަރީއާއިން މަސައްކަތްކުރާ ޓެކްނޮލޮޖީއެއް،" ސައިންސްވެރިއަކު ބުންޏެވެ.
"މިހާރު ކަރަންޓު ފޮނުވައިމިދެވެނީ ކޭބަލް އާއި ޕްލަގާ ނުލައި ވައިގެ ތެރެއިން،" އެހެން ސައިންސްވެރިއަކު ބުންޏެވެ.
ހެލްސިންކީ ޔުނިވާސިޓީ އާއި އޫލޫ ޔުނިވާސިޓީގައި ކުރި ތަހުލީލުތަކެއްގައި ވަނީ ބާރުގަދަ "އަޑުގެ ރާޅުބާނިތަކެއް"، ލޭޒަރާއި ރޭޑިއޯ ޓެކްނޮލޮޖީއާ މަސްހުނިކޮށްގެން، ރައްކާތެރިކަމާއެކު ވައިގެ ތެރެއިން ކަރަންޓު ފޮނުވައިދޭ އާލާތާއި އެ ލިބިގަންނަ އާލާތް އުފައްދައިފައެވެ.
މި ތަހުލީލުތަކުގައި އިސްކޮށް އުޅޭ ސައިންސްވެރިޔާ ޑރ. އެމީލިއާ ކޮރްހޮނަން ބުނީ "މިއީ ކުރިމަގުގައި ކަރަންޓު ޕްލަގު ނުޖަހައި އެކި ކަހަލަ އާލާތްތަކަށް ކަރަންޓް ފޮނުވައިދެވޭނެކަން ދައްކުވައިދޭ ޓެކްނޮލޮޖީއެއް" ކަމަށެވެ.
ދެ ޔުނިވާސިޓީން ބުނީ މިއީ މުސްތަގުބަލުގައި ކޭބަލް އަޅައިގެން ކަރަންޓު ވިއުގަތައް ގާއިމުކުރުމުގެ ބަދަލުގައި ގޭގެއަށާއި ވިޔަފާރިތަކަށާއި ސިނާއަތްތަކަށާއި އަދި އެހެނިހެން ވެސް ތަންތަނަށް ވައިގެ ތެރެއިން ވަޔަރުލެސްކޮށް ކަރަންޓު ފޮނުވައިދެވޭނެކަމަށް އިޝާރާތްކުރާ ޓެކްނޮލޮޖީއެއް ކަމަށެވެ.



advertisment