Support Us

ދުންފަތުގެ އިސްތިއުމާލު ކުރުމުން އެތެރެ ފެންނަ ފާހާނާތަކެއް

ދުންފަތުގެ އިސްތިއުމާލު ކުރުމުން އިލެކްޓްރޯކްރޮމިކް ޓެކްނޮލޮޖީގެ ޒަރީއާއިން ފާހާނާގެ ދޮރުގެ ބިއްލޫރި އެތެރެ ފެންނަ ގޮތަށް ޗައިނާގެ ބާޒާރެއްގައި ހަދައިފިއެވެ.

މި ފާހާނާތައް ތައާރަފު ކުރުމާއެކު ބައިނަލްއަގުވާމީ ބަހުސަކަށް މިހާރު މި ކަން ވަނީ ބަދަލުވެފައެވެ. ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ މި ކަމުގެ ސަބަބުން ފާހާނާކުރާ މީހާގެ ޕްރައިވެސީ ގެއްލޭނެ ކަމަށެވެ.

މި ދިޔަ މަހު ޝެންޒެން ސިޓީގެ ޝޮޕިން ސެންޓަރެއްގައި ގާއިމުކުރި މި ފާހަނާތަކަކީ ވައިގެ ސާފުކަން ދަމަހައްޓަން އެޅި ފިޔަވަޅެއް ކަމަށް އެ ތަނުން ބުންޏެވެ. އެ ގޮތުން ދުންފަތް ނުވަތަ ޓޮބެކޯ ދުމުގެ އަސަރު ކުރާއިރަށް ދޮރުތަކުގެ ބިއްލޫރިގަނޑު އެތެރެ ފެންނަ ގޮތަށް ބަދަލުކޮށްލައެވެ.

ހޫނު ފެނުންނާއި ސެންޓުން ނުކުންނަ އާތްވަށް ނުގުޑާ ގޮތަށް އެ ތަނުން ހަދައިފައިވެއެވެ. އަދި އެކްސިޑެންޓަކުން އެހެން ބާވަތެއްގެ އާތްވަކުން ދޮރުތަކުގެ ބިއްލޫރި އެތެރެ ފެންނަ ގޮތަށް ބަދަލުވި ނަމަވެސް އެތެރެ ނުފެންނަ ގޮތަށް އަލުން ބަދަލުކޮށްލެވޭ ސްވިޗެއް ސްޓާފުންގެ ބާރުގެ ދަށުގައިވެއެވެ.

ޝޮޕިން ސެންޓަރުން ބުނީ ބޭނުމަކީ ފާހާނާތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ މީހުން ދުރުކުރުވުން ކަމަށެވެ.

"އެތެރެ ފެންނަ ގޮތް ހެދުމުން އެ ކަން ހުއްޓުވޭނެ،" އެ ތަނުގެ މެނޭޖްމަންޓްގެ ވެރިޔާ ޒޭންގް ވައި ބުންޏެވެ.

"މި ކަމުން ދެވޭ އިހްތިޔާރަކީ ސާފު މާހައުލެއް ގާއިމު ކުރުން ނުވަތަ ފާހާނާ ބޭނުންކުރަމުންދާ މީހާ އެއްކޮށް ހާމަވުން،" ސުލޫކީ ކަންކަމާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ލައި ނާ ބުންޏެވެ.

މި ފަދަ ފާހާނާތަކަށް ތަރުހީބު ދޭ މީހަކު ބުނީ "2026 ގައި ސިއްރިޔާތުގައި ކުރާ ކަންތައްތަކަށް ޖާގައެއް ނޯންނާނެ" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *