ޗައިނާގައި އަމިއްލަ ޒާތުގައި ދުވާ ނުވަތަ "ސެލްފް ޑްރައިވިން" ކާރު އުފެއްދުމަށް ނުވަ ހުށަހެޅުން ކުންފުނިތަކަކުން ހުށަހަޅައިފިއެވެ. ނަމަވެސް ރެގިއުލޭޓްކުރާ އިދާރާތަކުން ހުއްދަ ދިނީ އޭގެ ތެރެއިން ދެ ހުށަހެޅުމަށެވެ.
ކަމާ ބެހޭ ފަރާތްތަކުން މި ގޮތަށް ނިންމީ މި ދިޔަ މާރިޗު މަހު ޒިއައޮމީ އެސް.ޔޫ-7 މަރުކާގެ ކާރެއް (ފޮޓޯ) އަމިއްލަ ޒާތުގައި ދުވާ ގޮތް ހަދައިގެން އުޅެނިކޮށް އެ ކާރު މަގު ބަންދުކުރާ ހުރަހެއްގައި ޖެހި އެކްސިޑެންޓްވެ، އޭގައި ތިބި ޔުނިވާސިޓީ ތިން ދަރިވަރުން މަރުވުމާ ގުޅިގެންނެވެ.
ރެގިއުލޭޓަރުން މި ފަހަރު ހުއްދަ ދިން ދެ ހުށަހެޅުމުގައި އަމިއްލަ ޒާތުގައި ދުވާ ކާރު ޓެސްޓު ކުރުމަށް ހުއްދަ ދިނީ ވެސް ޓެސްޓު ކުރުމަށްޓަކައި ހަދައިފައިވާ ހާއްސަ ސަރަހައްދެއްގައި ޓެސްޓު ކުރުމަށެވެ. އެހެންކަމުން މި ކަމުގެ ސަބަބުން މި ފަދަ ކާރު އާއްމު ވިޔަފާރިއަކަށްވުމުގައި ހުރަސްތަކަކާ ކުރިމަތިވީއެވެ.
އޮފިޝަލުން ބުނީ އަމިއްލަ ޒާތުގައި ދުވާ ކާރާމެދު ފަރުވާ ބަހައްޓަން ޖެހޭ ކަމަށެވެ.
"ސަރުކާރުން ހަރުކަށި ފިޔަވަޅު އެޅީ އާއްމު ބޭނުންތަކަށްޓަކައި ވިއްކާ އަމިއްލަ ޒާތުގައި ދުވާ ކާރުގައި މިހާރަށްވުރެ މަތީ ފެންވަރުގެ ނިޒާމުތައް ހުންނަން ޖެހޭކަމުގެ ކަންބޮޑުވުން ހުރީމާ،" ތަޖުރިބާކާރަކު ބުންޏެވެ.
ކުންފުނިތަކުން އެދެނީ ކުރިމަގުގައި މި ފަދަ ކާރުތަކަށް ސަރުކާރުން ލުޔެއް ދިނުމަށެވެ.



advertisment