ގައުމާ މެދަށް ގިސްލާ ރޮވޭ އެކިކަންކަމަށް ވިސްނާލުމުން
ފައުޅުވެ ހިގާ އެކިކުށްތަކާ ޚުލުޤީ އަސަރުތައް ފަނޑުވުމުން
އެއް ދަރިކޮޅާ އެއް ދީނުގައި ތިއްބަސް އަޖާއިބު ވާވަރަށް
އެއްވެސްކަމެއް އެދެމަޞްދަރާ ގުޅިގެން ނެތީތީ ހެޔޮމަގުން
އިރު އުދަވެ ނުދެޔޭ އޮއްސިގެން އެރޮނގުން ކަމެއް ނުހިނގައި މިތާ
ބިރުވެތި ކަމެއް ރައްބާމެދަށް ހިތުގައި ނެތޭ ހީވާ ގޮތުން
އެކަމުގެ އަސަރު މޭވާތަކަށް ފޯރައި ދެޔޭ ރަހަ ހިތިވެގެން
އެކަމަށް ފިކުރު ހިންގައި އެއަށަ ފަރުވާ ނުދާތީ ހޯދަމުން
އިންދާ ގަހާ ގަހު ގޮފިތަކާ ނުވެޔޭ ލަކުޑިޔަށް ނެތި ބަޅެއް
ބިންތައް މޮޅަސް އިންދައި ރުވާ ގަސްތައް ތެދަށް ނެހެދޭ ކަމުން
ފަރުވާ ދެވޭ ގިނަ ބޭސް ލިބޭން ހުއްޓަސް އެކަން ނޭދޭ ކަމުން
ކަރުނައިގެ ތިކިތައް އޮހޮރެޔޭ ވޭނީ އަސަރުވެރި ގިސްލުމުން
ލޮބުވެތި ވަޠަންދެކެ ލޯބިނުވާ ވަޠަނަށްޓަކައި އަދި ޖާނުދޭ
ލޮބުވެތި މުވާޠިނުނަ ނުވެވި ތިބިނަމަ ހުރީ ދެރައޭ އައުން
