
ހުރަވީދުވަސް ފާހަގަކުރުން ގައުމީގޮތުން ގޯހެއްނުވޭ
ހުރަހެން އެހެންނަމަވެސް އަޅަން ލާޒިމުކަމެއް ފަހެ، އެކުލެވޭ
މަޝްހޫރު ދޮންބަންޑާރައިން ދުވަހާ ވިޔަސް ގުޅިފައި ވަކީން
ބަސްބުނެ އުޅޭކަތި ގޮތްގޮތުން އަޞްލާ ހަގީގަތް ވަކިނުވޭ
ބަދުނާމުއެޅި ނަންފުޅު ހުތުރު ވާފަދަ ކަމެއް ނުކުރައްވަވައި
ޢަދުލާ އަމާނަތުގައި އެފަދަ ވެރިޔަކު ސަފުން ފެނިފައިނުވޭ
ކަނޑުލައި ޣިޔާޘުއްދީން ރަދުން އަވަހާރަކޮށްލި ބަޣާވަތާ
ގަނޑުވަރުގެ ތަކެތީން ކަޅުވަކަރު މިސްކިތް އަޅަން ބައިވެރިނުވޭ
ހުރަވީންގެ ޝަމްސުއްދީނުދޭއް ފެށްޓެވި ވިރާސީރަސްކަމާ
ގުރަހައިގެ ތަރިއެއްފަދަ ރަދުން ގުޅުވޭނެ ސަބަބެއްވެސްނުވޭ
އެނގިތިބެ ހަގީގަތްވަންހަނާ ކުރިޔަަސް އޮޅުން ނާރާނެޔޭ
އެނގިހުރެ މުޅިންއޮޅުވައިލުމީ ކުރެވޭ ރަނގަޅު ކަމަކަށްނުވޭ
