މެދުއިރުމަތީގެ އަސްކަރީ ބާރު ސައުދީ އަރަބިއްޔާ ކޮޅަށް އަނބުރައިލަން އެމެރިކާ އަތުން އެފް-35 ލައިޓްނިން 2 މަރުކާގެ 48 ޖެޓް ގަތުމަށް ނިންމައިފިއެވެ.
ސަރަހައްދުގައި ހަމައެކަނި އިސްރާއީލު އަތުގައި މި ބާވަތުގެ ޖެޓު (ފޮޓޯ) މި ވަގުތު ހުރިއިރު ސައުދީއަށް ވެސް ވިއްކަވާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް ކަށަވަރުކޮށްދެއްވިއެވެ.
"މިއީ އަހަރެމެންގެ ވައިގެ ސިފައިންނަށް ޒަމާނީ ތަރައްގީ ބޭނުންވާތީ ގަންނަ ޖެޓުތަކެއް. އަދި ސަރަހައްދުގައި ކުރިމަތިވެދާނެ ނުރައްކާތަކުން ދިފާއުވުމަށް ވެސް ގަންނަ ޖެޓުތަކެއް،" ސައުދީގެ އޮފިޝަލަކު ބުންޏެވެ.
ލޮކްހީޑް މާޓިން ކުންފުނިން އުފައްދާ އެފް-35 ގެ ޖެޓުތަކަކީ ރާޑަރަށް ނާރާ އުޅަނދުތަކެކެވެ. އަދި ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ޖާސޫސް ކުރެވޭ، ދުނިޔޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ހަނގުރާމަމަތީ މަތިންދާބޯޓު ވެސްމެއެވެ.



advertisment