ޗައިނާއިން މިހާރު ކުރިއަށްގެންދާ ޖިންޓޭންގް މަޝްރޫއަކީ ދުނިޔޭގައި ކަނޑުއަޑީގައި އެންމެ ދިގު ރޭލެގު ނިޒާމެއް ގާއިމުކުރާ މަޝްރޫއެވެ. މިއީ އިންޖިނިއަރިންގެ ދާއިރާ ދުނިޔޭގެ ފެންވަރުގައި މުޅިން ބަދަލުކޮށްލާނެ މަޝްރޫއެކެވެ.
އަންނަ އަހަރު ފަހުކޮޅު ނިންމައިލައި ރޭލުގެ ނިޒާމު ގުޅުވައިލަނީ ޗައިނާގެ މައި ބިމުގައިވާ ނިންގްބޯ ސިޓީ އާއި ޖަޒީރާ ސިޓީއެއް ކަމަށްވާ ޝޫޝާންއެވެ. ދެ ސަހަރުގެ ދެމެދުގައި ހުރީ 60 މޭލު ނުވަތަ 98 ކިލޯމީޓަރެވެ.
ކާރުގައި ދަތުރު ކުރުމަށް ނަގަނީ ދޮޅު ގަޑިއިރެވެ. ރޭލުތައް ދަތުރުކުރާނީ ގަޑިއަކު 250 މޭލު ނުވަތަ ކިލޯމީޓަރުގެ ދުވެއްޔެއްގައެވެ. މިހެންވެ ރޭލުގެ ޒަރީއާއިން އެއް ސިޓީން އަނެއް ސިޓީއަށް ދާން ނަގާނީ 30 މިނެޓެވެ.
މި ރޭލު ޓަނަލު ހަދަނީ ކަނޑުއަޑީގެ 78 މީޓަރު (255 ފޫޓު) އަޑީގައެވެ.

ގާތްގަނޑަށް ނުވަ މޭލު (16 ކިލޯމީޓަރު)ގެ ދިގު ރޭލު ދަނގަނޑުގެ ތެރެއިން ހަ މޭލު (11 ކިލޯމީޓަރު) އަޅަނީ ސީބެޑް ނުވަތަ ކަނޑުއަޑީގެ ވެސް ބިމު އަޑީގައެވެ.
ހާއްސަވާ އަނެއް ކަމަކީ އެހާ އަޑީގެ ފެނުގެ ޕްރެޝަރު ހިފެހެއްޓޭނެ ގޮތަށް ޓަނަލު ފަރުމާކާތީއެވެ.
"ވަރަށް ވަރުގަދަ ހައްލުތަކެއް ބޭނުންވަނީ. ކަނޑު އަޑީގައި ބިން ކޮނުމާއި މިސްރާބު ރަނގަޅު ކުރުމާއި ބިމުގެ ހާލަތު މެނޭޖް ކުރުމުގައި ވެސް އިންޖިނިއަރިން ދާއިރާގެ އިންތައް ހުރަސްކުރާނެ،" މަޝްރޫއު ހިންގާ ޗައިނާ ރޭލްވޭސް ފޯޓީންތު ބިއުރޯ ގްރޫޕް ކޮމްޕެނީ ލިމިޓެޑްއިން ބުންޏެވެ.
މިއީ ޗައިނާގެ ދައުލަތުން ހިންގާ ޗައިނާ ރޭލްވޭ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.



advertisment