Support Us

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުގެ އަޑުއެހުމެއް ކުރިއަށްދަނީ

އާ ބިލަކީ ހަމައެކަނި ފަލަސްތީން މީހުންނަށް މަރުގެ އަދަބު ދޭ ގާނޫނަކަށް ވެދާނެ

އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފައިވާ ބިލަކުން ހަމައެކަނި ފަލަސްތީން މީހުންނަށް މަރުގެ އަދަބު ދިނުން އެކަށީންވާ ކަމަށް، ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

"މިއީ ތައައްސުބާއެކު ފާޅުކަން ބޮޑު ގޮތެއްގައި އިސްރާއީލުގެ ދައުލަތުން މީހުން މެރުމަށް ބޭނުންކުރާ ގާނޫނަކަށް ވެދާނެ،" އެ ޖަމިއްޔާއިން ބުންޏެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެހެން ޖަމާއަތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ބިލް ހުށަހެޅީ ހައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ ސަލާމަތީ ކަންކަމާބެހޭ ވަޒީރު އިޓަމާ ބެން-ގްވިރްއެވެ.

"މިއީ އަހަރެމެން ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ގޮތަކީ. މިއީ ޓެރަރިޒަމާ ދެކޮޅަށް އަހަރެމެން ހުރަސްއަޅާނެ ގޮތަކީ،" މި ބިލް ދިފާއު ކުރަމުން އޭނާ ބުންޏެވެ.

އިސްރާއީލުގެ ޕާލަމަންޓުން މިހާރު ވަނީ މި ބިލްގެ ފުރަތަމަ އަޑުއެހުން ބައްވައިފައެވެ.

ބިލްގައި ހުށަހަޅައިފައިވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވާ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށެވެ. ހާއްސަކޮށް ނަސްލީ ތައައްސުބާއެކު ޔަހޫދީން މަރައިފި ކަމަށް ކުށް ސާބިތުވެއްޖެ ނަމައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް