Support Us

ދަނޑުވެރިންނާއި ނާމުސޫފި ހުއިހައްޕާ މީހުންނާ ދޭތެރޭ ހިނގި ކުރިމަތިލުންތަކުގައި 2018 ގައި ނައިޖީރިއާގައި ގެއްލުން ދީފައިވާ ޕްރައިމަރީ ސްކޫލެއް

އެމެރިކާ ސިފައިން އަރަން ޖެހިދާނެ ކަމަށް ޓްރަމްޕް ހުށަހެޅުމުން ނައިޖީރިއާ ރައްޔިތުން ރަތަށް

ނައިޖީރިއާގައި ނަސޯރާ ދީނުގެ މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަން ހުއްޓުވުމަށް އެމެރިކާއިން ނައިޖީރިއާ ހިފަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ނައިޖީރިޔާގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

"އަހަރެމެންނަށް ބޭނުންވަނީ އަހަރެމެންގެ އަމިއްލަ ހައްލެއް. އެމެރިކާއިން މި ގައުމު ހިފުމެއް ނޫން،" ނައިޖީރިއާ ރައްޔިތަކު ބުންޏެވެ.

ޓްރަމްޕް ވިދާޅުވީ "ބަޑި ޖަހަމުން ނައިޖީރިއާއަށް އެމެރިކާ ސިފައިން ވަންނަން ޖެހިދާނެ" ކަމަށެވެ. ނަމަވެސް ނައިޖީރިއާގެ ގިނަ ރައްޔިތުން ބުނަނީ "އަސްލު މައްސަލައަކީ ގައުމީ ކަމެއް" ކަމަށާއި މިއީ "ބޭރުގެ ހައްލެއް ބޭނުން ނުވާ މައްސަލައެއް" ކަމަށެވެ.

"އަހަރެންގެ އަތުން އެތައް ބަޔަކު ވަޅުލިން. ގުނާ އަދަދު ނުކުރެވޭ ވަރަށް. އަހަރެން ވަރުބަލިވެއްޖެ،" މި ދިޔަ މެއި މަހު ތިމާގެ މީހުންތަކެއް މަރައިލުމުގެ ހާދިސާއެއް ކުރިމަތިވި ލޯރަންސް ޒޮންގޯ ބުންޏެވެ.

ނައިޖީރިއާގެ މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ބުނަނީ ނައިޖީރިއާއަށް ކުރިމަތިވެގެން އުޅެނީ "އެހާ ސާފުކޮށް ފެންނަން އޮތް ދީނީ ހަނގުރާމައެއް ނޫން" ކަމަށާއި މިއީ "ބިން ހޯދުމާއި ފަގީރުކަމާއި އަދި ސަރުކާރު ހިންގާ ގޮތް މަސްހުނިވެފައިވާ ގޮތަކުން އުފެދިންގެ އުޅޭ މައްސަލައެއް" ކަމަށެވެ.

"މުޅި ދުނިޔެއިން ވެސް ސަލާމަތީ ބާރުތައް ނައިޖީރިއާއަށް ފޮނުވިދާނެ. އެކަމަކު މާދަމާ އަނެއް ގްރޫޕެއް ނުކުންނާނެ އަސްލު މައްސަލަ ހައްލު ނުކުރެވެންޏާ،" ދިރާސާކުރާ ފަރާތަކުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް