Support Us

ހިމާޔަތަށް ނޭދުނަސް ފަލަސްތީން ރެފިއުޖީންތަކެއް ދެކުނު އެފްރިކާއަށް ވައްދައިފި

ގާތްގަނޑަކަށް 12 ގަޑިއިރު މަތިންދާބޯޓުގައި މަޑުކުރުވައިފައި ދެކުނު އެފްރިކާއަށް ވަނުމަށް ފަލަސްތީންގެ 153 ރެފިއުޖީންނަށް ހުއްދަ ދީފިއެވެ. ނަމަވެސް ކަމާ ބެހޭ އިދާރާތަކުން ބުނީ ހިމާޔަތަށް ނުވަތަ "އެސައިލަމް"އަށް އެ މީހުން ރަސްމީކޮށް ނޭދޭ ކަމަށެވެ.

ކެންޔާ މަގުން އައި ފްލައިޓްގައި އެ މީހުން ތާށިވީ އެ މީހުންގެ ޕާސްޕޯޓްގައި ޑިޕާޗާ ތައްގަނޑު ނެތުމާއި އަދި އެ މީހުން ތިބޭ ތަނާއި ދެކުނު އެފްރިކާގައި ހޭދަ ކުރާ މުއްދަތު ހާމަކޮށްފައި ނުވާތީ ކަމަށް ދެކުނު އެފްރިކާގެ ބޯޑަރާ ގުޅޭ އިދާރާއިން ބުންޏެވެ.

އެ ރެފިއުޖީންތަކުގެ ތެރެއިން 130 މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފައިވަނީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ގިފްޓް އޮފް ދަ ގިވާސްއިންނެވެ. އަނެއް 23 މީހުން ދިޔައީ އެހެން ތަންތަނަށެވެ.

"ދެ އަހަރު ދުވަހުގެ ނަސްލު ނައްތައިލުމުގެ ޖަރީމާއަކާ ކުރިމަތިލާފައި ތިބި ބަޔަކަށް ވާތީ އެ މީހުން ތިބީ ބޮޑު ހިތާމައެއްގައި،" ގިފްޓް އޮފް ދަ ގިވާސްގެ ފައުންޑަރު އިމްތިޔާޒު ސުލައިމާން ބުންޏެވެ.

ޣައްޒާ ހަނގުރާމައިގައި މިހާތަނަށް 67،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *