އަމާނާތް ހިނގައްޖޭ ބުރައިގެން ވަޔާ
ޒަމާނީ ހަވާނަފުސުގައި ޖެހި އޮޔާ
ކަމާމެދުއެ ނެތުމުން ބޮޑުން ލެއްޚިޔާ
އަމާން ބަނދަރަކަށްދާން ނުނެގުމުން ރިޔާ
އިމާ އަދި ސިޔާދަތު ނުދޭމެއެ ކިޔާ
ހިމާޔަތުގެ ފިިކުރެއް ސަތުގެ ނެތި ސިޔާ
ބިމާހަމަވެ އަޚުލާޤު ވިޔެ ދޯދިޔާ
ދިމާއެއް ނެތޭ ހޯދުމަށް ދާން ހިޔާ
ޢިމާރާތް ބިނާ ކުޅަޔަކަސް ކޮށްހިޔާ
ރިމާދުގެ މިސާލަށް ދަތުން އޮތް ޤިޔާ
ދިމާނުވެ ދެކޮޅު ބަސް ދުލުންހައި ކިޔާ
ވިމާތް މުސްލިމުންނޭ ކަމަކުވެސް ކިޔާ
ދިމާ ނޭނގެޔޭ ދާ ނަގައިގެން ރިޔާ
ތިމާމެންގެ އޮޑިތައް ޒަމާނީ ވަޔާ
ސިމާގެއްނުއެނގި ދިޔަކަމަކުވެސް އޮޔާ
ސިމާލުގެ ފަރާތަށް ނުރަނގަޅޭ ކިޔާ
ސަމާލުވެ މިއަށަ ބަސް އިބުރެމެން ކިޔާ
ސަމާސާ އަކަށް ނުދެކި ފަދަ ވާހިޔާ
ކަމާމެދުމި ފުންވިސްނުމެއް ކޮށް ނަޔާ
ނަމާ އަބުރު ގައުމުގެ ނުލުން އެދި އޮޔާ
