Support Us

ސްޓެލްކޯ އިން މިހައިތަނަށް 74،282 ގަސް އިންދައިފި

ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށައިފައިވާ ޙަރަކާތުގައި މިހައިތަނަށް 74،282 ގަސް އިންދައިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަސް މިލިއަން ގަސް ޕްރޮގްރާމުގައި ބައިވެރިވެ، 2024 ޖޫން ފަސް ވަނަ ދުވަހުން ފެށިގެން މި އަހަރު އޮކްޓޫބަރު 20 ވަނަ ދުވަހުގެ ނިޔަލަށް، ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 74،282 ގަސް އިންދައިފައިވާ ކަމަށެވެ.

ސްޓެލްކޯގެ ފަސް ލައްކަ ގަހުގެ އަމާޒަށް ވާސިލްވުމަށްޓަކައި އިތުރަށް 425،718 ގަސް އިންދަންޖެހެއެވެ.