މަޙުޝަރު ދުވަސް އަންނާނެކަން އީމާންގެން ތިބި ހާލުގާ
އަޚުނާއި އުޚުތުން ނަރަކަޔަށް ވައްދާށަ އުޅެނީ ފާޅުގާ
ދެމިނުހުރެވޭ ދުނިޔޭއްގެ ދަޅަޔަށް ހެއްލިގެން މުދަލަށްޓަކާ
ދެމިގެންހިތުން އީމާންނުކުމެ ދިޔަޔަަސް ވެޔޭ ހެޔޮ އެކަމުގާ
މަންފާތަކަށް ވަގުތީ ލިބޭ ދަހިވެތިވުމުން ވިސްނާނުލާ
ގަންނާނެ ޖީލެއް ގޯސްތަކެތި ކުރަނީ ބިނާވެސް ގަސްތުގާ
ދަރިޔަކުދިވެހި ވިޔަކަސްފަނާ ޖީބަށް އިތުރުވާނަމަ ތިމާ
ވަރިހަމަވެޔޭ ގައުމުގެދަރީން ދިޔަޔަސް އޮޔާބެހި މަސްތުގާ
ޢިލްމީރޮނގުން ތަންދޮރުއެނގޭ މީހުންކަމަށް އެންމެންވިޔަސް
ފިލްމުގެ ނުބައިބައިފަދަ ބައޭ އުޅެނީ އަވަދި ނެތި ކުޅުމުގާ
ބަޠަލުންދިވެހި އެހެންނަސް ފިދާވީ މީސްތަކުންގެ ސަލާމަަތަށް
މަތަކޮށް ޙަމަލަތައް އަންނަހައި ވަޠަނުގެ މިމާތްވި ދިފާޢުގާ
ވާނޭތަ ގައުމު ބިނާ ދަރީން ނުކޮށެއް ބިނާ ހެޔޮ ގޮތްމަތީ
ދާނޭތަ ކުރިޔަށް ގައުމު ފަހެ، ގައުމަށް ވަފާތެރި ނުވުމުގާ
