ކޮންމެ ދުވަހަކު ރަން ބިހެއް އަޅައި އަސްދޫންޏެއް، މިލްކިއްޔާތުގައި ހިމެނުމުގެ ނަސީބު ދެމަފިރިއަކަށް ލިބުނެވެ.
ނަސީބު ގަދަޔަސް އެ މީހުންނަށް އިސާހިތަކު ވިސްނެން ފެށީ ބޭނުންވާ ހަލުވި ދުވެއްޔެއްގައި އެ މީހުންނަށް މުއްސަނދިކަން ލިބެމުން ނުދާ ކަމަށެވެ.
އަދި އެ ދޫނީގެ ހަށިގަނޑުގެ އެތެރެ ހުންނާނީ ރަނުން ކަމަށް ހިޔާލަށް އައިސްފައި، އެކީއެކައްޗަކަށް އެ އަގުބޮޑު މައުދަން ހޯދައިގަތުމުގެ ގޮތުން އެ މީހުން ނިންމީ އެ ދޫނި މަރައިލައިށެވެ.
އެކަމަކު އެ ސޮރު ފަޅައިލުމުން އެ މީހުންނަށް އެނގުނީ އެއީ ހަމަ އާދައިގެ އެހެން ވެސް އަސްދޫނި ކަހަލަ އެއްޗެއް ކަމެވެ.
އެހެންކަމުން، އެ މީހުން އުއްމީދުކުރި ފަދައިން، ކުއްލިއަކަށް އެ މީހުންނަކަށް މުއްސަނޖެއް ނުވެވުނެވެ. އަދި ނުވި ތާކަށް، އެ މީހުންގެ މުއްސަނދިކަމަށް އެއިރު ދުވާލަކު އިތުރުވަމުން ދިޔަ އުފާ ވެސް ނުލިބުނެވެ.
އިބުރަތްތް:
ހައްދުފަހަނަޅައިދާ މިންވަރަށް ދަހިވެތިކަމުގެ އިންތިހާ ކޮޅުންލައިފި ނަމަ، ތިބާއަށް މި ވަގުތު ލިބިފައިވާ ހުރިހާ ހަމަޖެހުމެއް ވެސް ނެތިގެންދާނެއެވެ.
ނޯޓް: މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕް ނުވަތަ ބައެއް ފަރާތްތަކުން ބާބްރިއަސްގެ ނަމުން މުހާތަބު ކުރެވޭ މީހެއް އެއްކޮށްފައިވާ ވާހަކަތަކެއް ކަމަށް ބެލެވޭ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.
އީސޮޕްގެ "ފޭބްލް" ނުވަތަ އިންސާނުންނާ ހިލާފަށް، ހައިވާނުންގެ މިސާލު ނެގުމުގެ ބޭނުމަކީ، އިންސާނުންނަކީ ނެތް ސިފަތަކެއް ދައްކައިގެން އުޅޭ ހަމައެކަނި މަހުލޫގު ކަމަށްވާއިރު، އެހެން ހުރިހާ ހައިވާނުންނަކީ އޭގެ އަސްލު ފޮރުވައިގެން އުޅުމުގެ ގާބިލިއްޔަތުކަމެއް ނެތް ޖަނަވާރުން ކަމަށްވާތީ، އެ ސޮރުމެންގެ ހަޔާތުގެ ދަރުސުތައް ހާމަވާނީ އޭގެ އަސްލު ފެންނަ ގޮތަށް ބަލައިގެން ކަމަށްވާތީ ކަމަށް، އީސޮޕްގެ ވާހަކަތައް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އަދި ރަން ބިސް އަޅައި ދޫނީގެ މި މިސާލަކީ، ރާއްޖޭގެ އިތުރުން، އެތައް ގައުމެއްގައި އެތައް ސަގާފަތަކަށް ވެސް ފައްތައިފައިވާ އިބްރަތުގެ ފިލާވަޅެކެވެ.



advertisment