"ވައި 13؟" ނުވަތަ ލަފުޒީ މާނައިން ނަމަ "13 ކީއްވެ؟" ކިޔާ ވީޑިއޯއެއް ވައިރަލްވެ، 53 މިލިއަން މީހުން 2023 ގައި އަންތަރީޒުކޮށްލިއެވެ.
މި 13 ވަނަ އަދަދު ނުވަތަ ނަންބަރު ދިމާވަނީ އެނަލޮގް ގަޑިތަކުގައެވެ. މާނައީ، ވަށްކޮށް، ނުވަތަ ބިސްބުރަށް ހަދައިފައި ހުންނަ ގަޑިތަކުގައި، އެކަކުން ފެށިގެން، "ކްލޮކްވައިސް" ނުވަތަ "ގަޑީގެ ކަށި އެނބުރޭ ގޮތަށް"، 12 އާ ހަމައަށް ހުންނަ ހިސާބު ނަންބަރުތައް އަތުރައިލައިފައިވާ ގޮތުންނެވެ.
ވީޑިއޯގައި ފެންނަ ގޮތުން، މަތިން ތިރިއަށް ޖެހޭ، ދެ ފަރާތުގައިވާ ދެ ނަންބަރު "އެޑް"ކޮށްލުމުން ނުވަތަ އެއްކޮށްލުމުން އަންނަ ނަންބަރަކީ 13 އެވެ. އެ ގޮތުން 12 އާއި އެކެއް އެއްކޮށްލުމުން ފެށިގެން ހަތަކާއި ހަޔަކާ ހަމައަށް ވެސްމެއެވެ. މާނައީ:
13=12+1
13=11+2
13=10+3
13=9+4
13=8+5
13=7+6
އެވެ.
ނަންބަރު 13 މިހާ ފާޅުކޮށް ދިމާވުމުން އެތައް ބައެއްގެ ގައިން ހީބި ނެގީ ހުޅަނގުގެ ސަގާފަތުގައި 13 ވަނަ ނަންބަރަކީ ބަދު ނަސީބު ނަންބަރެއް ކަމަށް ބެލެވޭތީއެވެ. މިސާލަކަށް، ބައެއް ހޮޓާތަކުގައި 13 ވަނަ ބުރީގައި ކޮޓަރިއެއް ވެސް ނުހުރެއެވެ.
ނަމަވެސް އެނަލޮގް ގަޑިތަކުގައި މި ވާ ގޮތް އިސާހިތަކު އެތައް ބަޔަކު ދެނެގަތެވެ؛ އެއީ ހިސާބު އިލްމްގެ ސީދާސާދާކަމާ ގުޅިފައިވާތީ ވެސް މެއެވެ. އެ ގޮތުން، އެނަލޮގް ގަޑިއަކީ ބުރެއްގެ ސިފައިގައި އިމެއް ހުންނަ އެއްޗަކަށް ވާތީއެވެ.
މިސާލަކަށް، 12 ޖަހައި، އޭގެ ފަހުން އެއް ގަޑިއިރު ވުމަކީ، އެއް ގަޑިއިރު އެ "އަދަދު"ން އުނިވުމެކެވެ. އަދަދުގެ ގޮތުން 11 އަށް ތިރިވީއެވެ. އެ ވަގުތު ބޮޑު ކަށި އިންނާނީ ދެއެއްގެ "އަދަދު"ގައެވެ. އެއް ގަޑިއިރަށް އެކެއްގެ އަދަދު އިތުރުވީއެވެ. އެހެންކަމުން 11 އިގެ އަދަދަށް ދެއެއް އެއްކުރީމާ އަނެއްކާވެސް އަދަދު "އެކުވާނީ" 13 އަށެވެ! އެހެން ގޮތަކަށް ބުނާ ނަމަ:
13=(1+1)+(12-1)
އެވެ.
އެހެންކަމުން މިއީ ގަޑިއެއްގެ ސިފައަކީ "ސިމެޓްރިކަލް ސާކަލް"އަކަށް ވާތީ ދިމާވާ އަދަދެކެވެ. ސިމެޓްރިކަލްގެ މާނައަކީ، "ނުފެންނަ، ދެބައިކޮށްލައި، ރޮނގަކުން" ("އިމެޖިނަރީ ޑިވައިޑިން ލައިން")އަކުން ދެ އަދަދު ދެ ކޮޅުން ދިމާވުމެވެ.



advertisment