ލޭނާރު ބެދެންޏާ
ބޭހެއްމަ ދެންހޭ ކިޔާ
ރޭގަނޑު ނިދީ ކުރީގާ
ބޭނުން އެކޮށް ށޭނިދާ
ވޭނެހުޅު ހޮޅިތަކާ ނާރު
ލޭ ވާ ދައުރު ތައްނާރު
***
ރޯއިނގުރު ލޮނުމެދާ
ބޯ ފޮނިތޮށީގެ ދެބަޔާ
ބޯހުތްލު އެއްކޮށް އެއާ
ޖޯޑު ތިން ފެނު ށެކައްކާ
ބޯށެ ނިދުމުގެ ކުރިންބައެއް
ބޯށޭ ހެނދުނުވެސް ބައެއް
ހަތަރު ފިތް ލޮނުމެދާއި
ތަފްސީލް
ދެ އިންޗި ރޯއިނގުރު ކޮށާލާފައި
ފެންޖޯޑެއް އަޅައިގެން
މިކުސަރުން ގިރާލައި ކުޑަތެއްޔަކަށް
އަޅާފައި 500 އެމްއެލް ފެން
އަޅައިގެން ކައްކާއިރު އޭގެ ތެރެއަށް
ދެ ފޯލި ފޮނިތޮށްޓާއި ލުނބޮއެއްގެ
ހުތާއި ތޮށިގަނޑުވެސް ލައިގެން
ކައްކަނި، ލުނބޯގެ ތޮށިގަނޑު
ރޯފިލީމާ ބާލަައި، ފުރާނައި، ބޮނި.
(ބޭނުންނަމަ ދެ ސައިސާމްސާ
އެޕަލްސިޑަރ ވިނިގަރ، އާއި
އެމިންވަރަށް މާމުއި އަޅައިގެން
ގިރާލުމަށްފަހު ބޮނި).
