مَوْلَايَ صَلِّ وَسَلِّمْ دَآئِمًا أَبَدًا
عَلَى حَبِيْبِكَ خَيْرِ الْخَلْقِ كُلِّهِمِ
ލޮބުވެތި ނަބިއްޔާ މާތް އަރިހަށަ ދިއުން އެދެނީ
ލިބުމާ ޝަފާޢަތް އެކު ދިނުމުގެ އުފާ އެދެނީ
ޙިލްމާ ރިވެތި ޙިކްމަތް ދުސްތޫރު ކަމުލައްވައި
ޢިލްމާ ޢަދުލު ބިމުގައި ފެތުރުއްވި ހެޔޮ އެދެނީ
ޝަމްސުގެ ޟިޔާއަށްވުރެ ކައުނަށް އުޖާލާވީ
ޙަމްދާއި ތާރީފުގެ އަޤްވާލު މާތް އެދެނީ
ކައުނިއްޔަ އަފްލާކުގެ މަންޒިލް ތަކުން މަތިވެރި
ދައުރުވި ކަވާކިބު ހިނގި މަގުގައި ހިނގުން އެދެނީ
ހެކިދިން ގަހާގެއްސާ ހިލަޔާ ނަޢަމްސޫތްޕާ
އެކިއެކި މަކާން ތަކުގައި ހެކިވާާށަ ހިތް އެދެނީ
އަޙުލާމުގައި ދެކެދެކެ ހުރުމުގެ ނަޞީބޭ މާތް
އަހުލުން ވިމާތް ހިމެނޭ ހުރިހައި ރެޔަކު އެދެނީ
ޙަސަނާ ޙުސައިނުގެ ލޮބުވެތި މާތްވި ކާފާފުޅު
ބަޝަރުން ހިނގާން ދެއްކެވި ތެދުމަގު ހިނގަން އެދެނީ
