ވިދާ އަލި ނޫރު އިސްލާމީ މިދީބުގެ ޖައްވުގައި ވިދަނީ
ހިދާޔަތު ގައުމުފައި ފެތުރުއްވި ތަބުރޭޒީ ހަނދާން ކުރަނީ
ރަދުން އިސްލާންވެ މުޅި ދީބަށް އެކަމުގައި އަމުރުފުޅު އިއްވީ
އަދުގެ ހަގު ޖީލުތައް އެކަމަށް އުފާކުރަމުން ޝުކުރު ކުރަނީ
ބައެއް އެކިއެކި ލިޔުން ތަކުގައި ޚިލާފެއް ނަންފުޅާ މެދުގައި
އައެއް ކަމަކު މި ޙަޤީޤަތް އަދު، އޮޅުން ނާރައި ޔަގީންވެވެނީ
އަހަރު ހިޖުރީން ބަލާނަމަ ފަސްސަތޭ އިތުރު އަށާޅީސްކަން
މަހަށް ބެލުމުން ރަބީޢުލް އާޚިރާކަންވެސް އޮޅުން ފިލަނީ
އުޅޭން އޮތްދީން މުޅިންއޮޅުގެން ބުދަށްއަޅުކަން ދިޔަސްކުރަމުން
އުޅޭންވީދީން ބަޔާން ވެވުމުން ޝަހާދަތު ހަރުއަޑުން ކިޔަނީ
މި މަތިވެރި މާތްވި ބޮޑު ނިޢުމަތް ދިވެހި ދީބަށް ލިބުނު ދުވަހަށް
މި މައްސަރު އައްސަތޭކަ ނަވާނަވައި ފުރިގެން އަހަރު ގުނެނީ
މި މާލޭ މެދުޒިޔާރަތުގައި އެ ޝަމްސުއްދީނު ތަބްރޭޒީ
ދިމާޔަށް އެންމެނަށް ފެންނަ އޮތުން ޒިކުރާ އަކަށް ފުދެނީ
