ތ. މަޑިފުށީގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުގެ ގޮތުގައި، އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ކަނޑައަޅައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް މަޑިފުށީގެ އިޚްތިޞާޞްގައި އެ ދެ ރަށް ހިމަނުއްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން މިއަދު ނެރުއްވި ޤަރާރުންނެވެ.
މަޑިފުށީގެ އިޚްތިޞާޞަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައެވެ.




advertisment