Support Us

ފޯޅަވަހީގެ ޙައްޤުގައި ދިވެހީން

ދިވެހި ގައުމުން ފުކެއްވެސްވެލި ޖަހައިގަންނަން ނެތީމެ ރުހެން
ދިވެހިބިން ވެރިކުރަން ދިދައެއް ބަޔަކު ޖެހުމަށް ނެތީމެ ރުހެން

ސިޔާދަތު އިހުޒަމާނުއްސުރެ މިދީބުގެ ފޭރެމުން ދާއިރު
ޚިޔާލެއް އަދި ވިޔަސް ފިކުރެއް ނުކޮށް ނުތިބޭ ހުށިން ފުދިގެން

އިހަށްވެސް ދިވެހިކާބަފައިން ނެތަސް ކަނޑިބަޑި ތަކެއް އަތުގައި
ވިހައިގައި ފިނޑިކަމުގެ މަރުނުވެ ދިފާޢު މިނިވަން ކުރީ ކެރިގެން

ތަނަށް ވެރިވާން ފުރެތިކާލުން އުޅުނު ދުހުގައި ދެތިން ފަތްކޮޅު
ވަޠަނުގެ އިމާމެދަށް ނުވަވަނަ ޙަސަން އެފޮނުއްވި ގޮތް ދަނެގެން

ދިވެހި ދައުލަތުގެ ހުއްދަ ނެތީސް މޮރަސްބީ ޗާޓުކުރެހި ގޮތާ
ދިވެހިދަރިއަކު އެކަމުގައި އިސްވެ ހުރިކަންވެސް ހަނދާން ހުރެގެން

އެޗާޓު ތަކުން ދިވެހި ގައުމުގެ އެތައްރަށް ދައުލަތާ ވަކިކޮށް
އެޗާޓުގެ ރަށްތަކާ ދިވެހީން ފެޔަށްލީ ސަބަބު އަދު ދަނެގެން

އެއިން އެއްވެސްކަމެއް ލިޔެފައި ފޮތެއް އޮތްނަމަ އެފޮތް އަތުލައި
އެއިން އެއްޗެއް ނުފެންނަގޮތަށް ޖެހީހުޅުކަން މިއަދި ދަނެގެން

ވަޠަންގެ ދިފާޢުގައި ތެދުވަން މިއަދު މިއޮތީ އަލުން ޖެހިފައި
ރަތަށް ރުޅި މިންކުރާކަށިގޮސް އަރަންދެން ނުތިބެމާހޭ ދެން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *