ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ދެއްވުން ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ ކީރިތި ޤުރްއާން ހިތުދަސްކުރާ މީހުންނަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރަމުން ގެންދަނީ ރަމަޟާން މަހުގެ 27 ވިލޭރޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވާ ޖަލްސާގައި ކަމަށްވާތީ އާއި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ އެ ޖަލްސާގައި ކަމަށްވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.



advertisment