ލޮލުން ކަރުނަ ނާޅައި އުޅެން ދަތިނުވޭހޭ
ބޮލަށް ވިސްނުމުން ތަދު މިކަމުގައި ނުވޭހޭ
ކުލީ ފުލެޓުގައި ދިރިއުޅޭން ރައްޔިތުންޖެހި
ކުލީ ދަރަނިވެރި ބަޔަކު ކަމުގައި ނުވޭހޭ
ލިބޭމާލުގައި ދައުލަތުގެ އިންތިޚާބީން
ތިބޭއިރު އުފަލުގައި ވަޠަން ވިކި ނުދޭހޭ
ތަނުގެ ބޭންކުތައް ލޯޖަހައި ފާރަލާތީ
ތަނުން ޖޮބުލިބޭ މީހަ ލޯނުން ރެކޭހޭ
ސުކީމެއް ވިޔަސް ނެތް އެފަދަ މަޅިނުބައްދާ
ޗުކީ ބުނެ މިވާހަކަ ނުދައްކައި ފުދޭހޭ
ބިދޭސީން ތަނަށްވެރިވެ ވިޔަފާރި އަތުލައި
މިދޭ ގެއްލުމަށް ހޭލި ވެރިޔަކު ފެނޭހޭ
ތަނަށް ވަންނަ ފައިސާ އެމީހުން މުށަށްލުން
މަނަޢަކޮށް ހެދޭވަރުގެ ވެރިޔަކު އުޅޭހޭ
ނެރޭ ކޮންމެ ނޫޓެއް އެބިޔަ މަނިޓަރީ އިން
ދެރޭ ވޭތުވާއިރު އެ ބޭރެއް ނުވޭހޭ
މިތާ ރަސްކަމާ އުވުނު ޖުމުހޫރު ވެރިކަން
ހިތާ ފިކުރުގައި އަދު ހެވޭ ހީނުވޭހޭ
ނިޒާމާއި ޤާނޫނު މޮޅަކަސް އެ ހިނގަން
މިޒާޖުން ރަނގަޅު ހަމަ އެކަކުވެސް ފެނޭހޭ
