ފަހަށްޖެހި ފިނޑިވެގެން ދިވެހީން ބިރުން ނުތިބޭނެ ދުވަހަކުވެސް
މަހަށްގޮސްގެން އުޅޭ ބަޔަކަސް ޢަޒުމު ނުގުޑާނެ ދުވަހަކުވެސް
އެކަން ދިވެހީންގެ ތާރީޚުން އެނގޭން އޮންނާނެ މާޒީގައި
އެކަނިނަމަވެސް ނުކުމެ ޙަމަލާ ނުދީ ނުތިބޭނެ ދުވަހަކުވެސް
ޝަހީދުވި ރަސްގެފާނު ޢަލީ (ހަވަނަ) ދެއްކެވި އެކަން ޢަމަލުން
ޞަޙީޙް ރިވާޔަތުން އެ ޚަބަރު ކިޔުން ނުނިމޭނެ ދުވަހަކުވެސް
ފުރެތިކާލުން ފަހައިލެއްވީ އުތީމުގެ ތިން ޒުވާނުންކަން
ކުރެއްވެވި ހިންމަތާ މިންނަތް ނުދާނޭ ފަނޑުވެ ދުވަހަކުވެސް
މަދަދު ދޭން ވާގިވެރިއަކުނެތި ޝަހީދުވެދިޔަ ހުސޭން އާދަމު
ގަދަރު ގައުމަށް ކުރެއްވެވިގޮތް ހަނދާން ނުނެތޭނެ ދުވަހަކުވެސް
ކިޔެއްވެތަ ފޯޅަވަހި ހޯދަން ނުކެރިފައި ވަކި ތިބޭންވީކީ
ހިޔެއްނޫންކަން ޔަޤީންވާހެކި ނުފޮރުވޭ ހުއްޓެ ދުވަހަކުވެސް
