ރާގު: ޢަލިފު ޒަބަރުއާ
ދިވެހި ބަހުން ލިޔަން ކިޔަން ދަސްކުރަމާ!
ދިވެހި އަކުރު ދަސްކޮށްގެން، ލިޔަމާހޭ!
އަވަހަށް، އަވަހަށް، ކަމާވެގެން، ގަޔާވެގެން ދަސްކުރަމާ!
ހާއިން ހޯނެއް، ނޫނުން ނޭފަތެއް
ރާއިން ރުކެއް، ބާއިން ބުޅަލެއް
ޅަވިޔަނިން ޅާނބެއް، ކާފުން ކާރެއް
ދިވެހި ބަހުން ރީއްޗަށް ލިޔަމާހޭ! ކިޔަމާހޭ!
އަލިފުން އަލަނާސިއެއް، ވާވުން ވަޅިއެއް
މީމުން މެއްސެއް، ފާފުން ފައިވާނެއް!
ދާލުން ދޫންޏެއް، ތާއިން ތޮރައެއް
ދިވެހި ބަހުން ރީއްޗަށް ލިޔަމާހޭ! ކިޔަމާހޭ!
ލާމުން ލުނބޮއެއް، ގާފުން ގަޑިއެއް
ޏަވިޔަނިން ނަމުޏަމެއް، ސީނުން ސައިބޯންޏެއް
ޑަވިޔަނިން ޑަބިޔަލެއް، ޒަވިޔަނިން ޒިބެއް
ދިވެހި ބަހުން ރީއްޗަށް ލިޔަމާހޭ! ކިޔަމާހޭ!
ޓަވިޔަނިން ޓޯޗެއް، ޔާއިން ޔޯޔޯއެއް
ޕަވިޔަނިން ޕަރީއެއް، ޖަވިޔަނިން ޖަނބުރޯލެއް
ޗަވިޔަނިން ޗާބީއެއް އަދި ޗިޗަންޑާއެއް
ދިވެހި ބަހުން ރީއްޗަށް ލިޔަމާހޭ! ކިޔަމާހޭ!
