Support Us

ނަސޭހަތު ނާނާ

ބަސް އަހާށޭ އަޑު އަހާށޭ ލޯބިވާ ކުޑަ ދަރިފުޅާ
ދަސްކުރާށޭ ރީތި ޚުލުޤާ އަދަބުވެރިކަން ދަރިފުޅާ

މަދަރުސާޔާ ގޭތެރޭގައި ލިބިދެވޭ ތަރުބިއްޔަތާ
ބަދަލުވާނޭ އެއްކަމެއްވެސް ލިބިނުގަންނަނި ދަރިފުޅާ

މަންމަޔާ ބައްޕަގެ އުފަލަކީ މޮޅުވުމޭ ދަރިފުޅު ނިކަން
ފަންނުތަކަށާ ޢިލްމުގައިވެސް ކުރިއަރައިގޮސް ދަރިފުޅާ

އަދަބުސަދަބާ ރީތިބަސްމަގު ދަސްކުރަންވާނޭ މޮޅަށް
ޤަދަރުވެރި މޮޅު ދަރަޖަވެރި މީހުންތެރޭންވާން ދަރިފުޅާ

އަޅި ބުރާނޭ ކަނބުރުގެޔަކަށް ވަދެއުޅޭ މީހުން ގަޔަށް
މަޅިމަޅީގައި ބެދި އަބުރު ގެއްލުނަ ނުދެއްޗޭ ދަރިފުޅާ

އަތަރު ވިއްކާ މީހަކާއެކު އެކުއުޅޭނަމަ މީރުވަސް
ހަތަރު ދަމުވެސް ހެދުމުގައި ހުންނާނެޔޭ ކުޑަ ދަރިފުޅާ

އެކުއުޅެންވާނީ ތިމާޔަށްވުރެ ދޮށީ ހެޔޮ މީހުނާއެކު
އެކުއެޅޭނަމަ ހަގު ކުދިންނާ، ބުއްދި އުނިވޭ ދަރިފުޅާ

މިތުރަކަށް ނުހިފާށެ އުޅުމުގެ ހެޔޮލަފާނޫން އެކަކުވެސް
މިތުރު ގޯސްނަމަ ގޯސްމަގަށް ދަރިފުޅު ހިނގައިދޭ ދަރިފުޅާ

ގޭ ވެށިންނާ އަދި ސުކޫލުން ދަސްނުވާ ގޯސް އާދަތައް
ފޭވެވެން އުނދަގޫ މިތުރު ކިބައިން ލިބޭނޭ ދަރިފުޅާ

ވަކިވެގެން ހަށްޓާ ފުރާނަ ނުގޮސް ހުރީވިއްޔާ އަބަދު
ވަކިނުވާނަމެ ހެޔޮ ދުޢާ ކުރުމާ މިދަރިޔަށް ދަރިފުޅާ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *