ފަހައިލަައްވަން ފުރެތިކާލުން ކަނބާ ޢައިޝާގެ މޮޅުރޭވުން
އަހައިލާންވެސް ނުވޭލިބިފައި ހަގީގަތް ވަންހަނާ ވެވުމުން
ވަޑައިގެން ބާރަށަށް ހޯއްދެވި ފުލީޓަށް މަގު އެ ކޮށްޓެވުމާ
ދަނޑަށްގައުމީ ޒުވާނުންކުރެ ދެތިން ކުއްޖަކު ނެރުއްވެވުމުން
ވަފާތެރި މާތްވި ދަނބިދަރިފުޅު ޝަހީދުޢަލީގެ ލޭ އޮހޮރުވި
ބަފާފުށު ރަސްގެފާނު ފޮނުއްވި މީސްކޮޅު ޤަތުލު ކުރިކުރުމުން
ބުރާރަ ކިޔާގޮތަށް ތާއިދު ކުރެވިގެން ލިޔުނަކަސް ވާހަކަ
މުރާދުނުގެއްލި ބެލްގެލިޔުން ތަކުން ތެދު ހާމަވޭ ބެލުމުން
ފަނަރަފަންސާސްއަށެއް އިން ސޯޅަވިހި ނިމުމާ ދެމެދުގައިވީ
ވަނައިގެގޮތުން ފަހެއްކަން އަލްވަޒީރުން ކަމުގެ ދަރަޖައަކުން
ޝަހީދުޢަލީގެ ފަހުގައި ފަސްދޮޅަސް ދެއަހަރުގެ މުއްދަތުގައި
ޞަޙީޙުގޮތުން ވަޒީރުންކަން މިތަން ހިންގީ އެނގޭން އޮތުމުން
ހިލާލީ ދަރިކޮޅުން ނުވަވަނަ ޙަސަން، ރަސްކަން މިތާދެމިއޮތް
ޚިލާފެއްނެތި އެނގޭގޮތުގައި ބަޔާހި އަހަރު އަހަރުގެ ގޮތުން
ކޮލީނަންފުޅު ލަޤަބު ފުޅަކުން އެރުވިފައި ރަސްކަލަކު ނެތްކަން
ކޮލީނަންފުޅުގެ މެދުކެނޑުމަށް ބެލީމާ ދާނެ ހާމަވަމުން
