ލިބޭނެގޮތެއް ނުވޭ މޭވާ ގަހެއްގައި ދޮންވެގެން ބިންނަން
ތިބޭން ހައިހޫނުގައި ޖެހުނަސް އެއަށް ޙައްލެއް ނެތޭ ފެންނަން
ފަޒާގައި އުދުހިފައި އެއުޅޭ ކޮވެއްޔާ ވާތަކާ ކާޅާ
ނަޒާހަތްތެރި ކަމެއް ނެތުމުން ނުރައްކާތައް އޮތީ އަންނަން
ނިދާފައި ފާރަވެރި އެންމެން ތިބޭ ތިބުމުގެ ނަތީޖާއިން
ފިދާވިޔަކަސް ދަނޑަށް ކުރެވޭ ޚަރަދު ނޯވޭ މިއަދު އަތުވަން
ދަމާލިޔަކަސް ދަލެއް އެކަމަށް ހުރަސްއެޅުމަށްޓަކައި ދަނޑުގައި
ދަމާލާ ދާތަކުން ބާތައް ހަދަތެ އެވެރިން ދަނޑަށް ވަންނަން
ތިބޭށަމިވީ ގޮތެެއް ނެތިފައި ގޮވާންކުޅަ ދަނޑުވެރީން ރޮއިރޮއި
ލިބޭކަށް އެހެނަކަސް ބޭހެއް ނެތޭ އެތުރާ ދިފާޢު ކުރަން
އިހަށްވެސް ވާތަކާ ކާޅާ ކޮވެލި އުޅެޔޭ މިރާއްޖޭގައި
މިހައި ދަހިވެތިކަމެއް ނުހުރޭ އިހަކު މަތިވަރު އެކީ ކާލަން
