އުއްމަތެއް ކުރިޔަށް އަރައި ނުމެދާނެ ޢަދުލެއް ނެތި އެތާ
ހުއްދަ އިންތައް ފަހަނަޅައި ދާއިރު މަނާވުން ނެތި އެތާ
ސިކުނޑިތައް ފޯމެޓް ވެފައި ވަޙުޝިއްޔަ ސޮފްޓުވެއާރ އެޅޭ
ފިކުރުގައި މޫލައި ދުވުން ހުއްޓޭނެ ގޮތްތައް ނެތި އެތާ
ސަނަދު ބިޔަވީތީ މަގާމު ދެވޭ ގޮތަށްވުރެވެސް ބޮޑަށް
ވަނަވަރާ ހުރި ތަޖުރިބާޔަށް ބުރަވެ ބެލުމެއް ނެތި އެތާ
ހައިވެފައި ހުއްޓާ ހޮޓަލަކުން އެއްފަހަރު ދޭ ސައިފޮދަށް
ލައިހަދާނަ މަ ވޯޓު އެންމެން ގައުމު އިސްވުން ނެތި އެތާ
ޖަންގަލީގައި އޮންނަ ހަމަތަައް އާންމުވާން މުށް ދޫވުމުން
ދަންވަރާ މެންދުރު ހިނގާ ކުށްތައް މަނާވުން ނެތި އެތާ
ނިޔަތުގައި ޚާލިޞްވެފައި ޒިންމާތަކަށް ތެދުވެރިވެފައި
ހިޔަޅުބުއްދިން ބުއްދި ނުކުރާ އިސްވެރީން މާތް ނެތި އެތާ
