Support Us

ދިރާސާ ދެން ނުކޮށް ތިބެގެން..!

ދިރާސާ ދެން ނުކޮށް ތިބެގެން ވަޠަން އިޞްލާޙު ނުވެވޭނޭ
މިރާއްޖެ އިހަށް ބިނާކުރިގޮތް ބަލައި ދެނެއެއް ނުގަނެވޭނޭ

ކަތީބާ ކުޑަކަތީބާ މުދިމަކާ ނައިބަށް ވަޠަން ބޯލެނބި
ނަތީޖާ ފޮނި ނެރުނު މާޒީ އިޢާދަ ދެނެއް ނުކުރެވޭނޭ

އެތައްހާހުން ޢަދަދުނުމެވާ ސިފައިން ފުލުހުންގެ ފައުޖު އޮތަސް
ގެތަަށް، މުދަލާ، ފުރާނަތަކާ ހިމާޔަތްތެރި ނުކުރެވޭނޭ

ޢަދަދު ނުމެވާވަރަށް ފަނޑިޔާރުނާ ގާޒީން ތިބޭނަމަވެސް
އަދަކު އިންޞާފު ލިބިގެން ޞުލްޙަވެރި ޚަޞްމުން ނުކުރެވޭނޭ

މުސާރައެކޭ ކިޔޭފަދަ ލާރިފޮއްޗެއް ނުލިބި ތިބިއިރު އޮތް
ޚުޝާމަދު ވެރިއަކަށް ނުކުރާ ގޮތަށް މަޖިލީސް ނުނެރެވޭނޭ

ރިޔާސީ ވަޢުދުތައް ރިއްސާ ރަނުން ލިޔެގެން ނެރޭ ނަމަވެސް
ހިޔާވައްސެއް އަމާންވެށި އޮތް އުފައްދައިދޭން ނުލިޔެވޭނޭ

ބިމާ ފަޅުރަށްރަށާ ފަޅުފަޅު ފަޅައި ކޭކެއް ބަހާ ފަދައިން
ދިމާޔަށް ފާޅުގައި ދިނަކަަަސް ބެލޭ ކޮމިޝަން ނުފެންނާނޭ

ހަތަރު ފަސްމިލިޔަނުގެ ބަޖެޓުން ތަރައްޤީ ކުރެވެމުން އައުމުން
ހަތަރުދަމު އުފަލުގައި ދިވެހީން އެތިބިހެން ދެން ނުތިބެވޭނޭ

ދެހާހާ ފަސްސަތޭކަ މިތައް އަހަރު ދެމިއޮތް ދިވެހިދައުލަތް
މިހައި ދެރަ ޙާލަތަށް ވެއްޓުނު ސަބަބު ހޯދައި ނުގަނެވޭނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *