Support Us

އަގުހުރި އިނާމުތަކާއެކު "ޔަންމާ ސްޕެއަރ ޕްރޮމޯ" އިފްތިތާހުކޮށްފި

އަގުހުރި އިނާމުތަކާއެކު އެމްޓީސީސީން "ޔަންމާ ސްޕެއަރ ޕްރޮމޯ" މިއަދު އިފްތިތާހުކޮށްފިއެވެ.

މިއަދުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކުރާ ކޮންމެ 5,000ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޮންމެ 15 ދުވަހަކުން ނަގާ ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ސުޒުކީ 9.9 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެއެވެ.

އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީއެވެ.

މި ޕްރޮމޯޝަނަކީ ޔަންމާ ސްޕެއަރޕާޓްސް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ޔަންމާއަށް ކަސްޓަމަރުންގެ މެދުގައި އޮންނަ ޒަމާންވީ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން އަމާޒުކޮށްފައިވަނީ އޮޑިވެރީންނާއި މަސްވެރީންނާއި އިންޖިނިއަރުންނާއި ފަތުރުވެރިކަމާއި އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރޭވިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި އުޅަނދުފަހަރުގެ އިންޖީނުގެ ސަރވިސް އިންސްޕެކްޝަންތައް ކުރިއަށްގެންދިއުމާއި މެއިންޓެނެންސްއާ ގުޅޭގޮތުން އޮޑިވެރިން އިތުރަށް ހޭލުންތެރިކުރުމަށްޓަކައި މަޢުލޫމާތު ފޯރުކޮށްދިނުމާއި އިންޑަސްޓްރިއަލް ސައިޓްތަކާއި އޮޑިހަރުގެތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

"އެމްޓީސީސީން އަމާޒުކުރަނީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ. ކޮންމެ އަހަރަކު މިފަދަ ޕްރޮޑަކްޓްތަކުގެ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ މި ކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށްޓަކައި ޚާއްސަ އިސްކަމެއް ދީގެން ހިންގަމުން އަންނަ ހަރަކާތްތަކެކެވެ." އެމްޓީސީސީގެ ބަޔާނެއްގައިވެއެވެ.