Support Us

ދެއްވެވީ މަދު ޢިލްމެކެވެ!

ތިމާ ހީއަށް ތަބާވުމަކީ އެއީ، ކުޑަކުޑަ ކުށެއް ނޫނޭ
ތިމާޔަށް ނޭނގި ހުރިކަންނަން އެއީ ، ނެތް ކަންކަމެއް ނޫނޭ

އިލާހީ ބަސްފުޅަަށް ވިސްނަން ތިމާ ހަމަ ބިންމަތީ ހުރެގެން
ފިލައިތޯ އެންމެ ލަފުޒެއްވެސް ބަލައިލުމަކީ ކުށެއް ނޫނޭ

މިދުނިޔޭގައި ޚަލީފާއިން ކަމަށް އިންސީންެމެ ލައްވާފައި
ނިދުން ދޫކޮށް ބަލަން އެންގެވި އަމުރުފުޅުތައް މަދެއް ނޫނޭ

ސަފުން ފިޠުރަތުގެ އަޞްލުތަކުން ކަމެއް އެއްވެސް ނުދަނެ ހުރެގެން
ކަފުންލެވި ކަށްވަޅަށް ދާއިރު ނެރުނު ފަތުވާ މަދެއް ނޫނޭ

އުޑާއި ބިމާ ފަޒާޔާ ކަނޑު ބަލައި ހޯދާށެ އެންގެވުމުން
އުޑާއި ބިމަށް ނަޒަރު ނުމެކޮށް ތިބުން ކިޔަމަން ވުމެއް ނޫނޭ

ދިރާސާ ނުކުރަނީ ޤުރުއާން ހިތުގެ ތަޅުތަކުގެ ސަބުބުންތޯ
ފިރާނުލެވޭ ސުވާލު އެއީ، ޢުޒުރު ދެއްކޭ ކަމެއް ނޫނޭ

ތިބާ ކިތަކެއް އަޅުން ސީދާ މަގާ ފޭކޮށް ހެދިން ހެއްޔޭ
މިބާވަތުގައި ސުވާލު އައުން އެއީވެސް، ނެތް ކަމެއް ނޫނޭ

ޢުލޫމުގެވެރި އިލާހުގެ ހެކިތަކުން ޢަޤްލީ ނުއެނގި ޒައްރެއް
ޤުލޫބުން ތެދުކުރުން ކަންކަން އެއީ، ވާނޭ ކަމެއް ނޫނޭ

ޚިލާފެއް އޭގެމައްޗަށް ނެތް ފޮތަށް ވިސްނައިބަލައި ދަސްކޮށް
ފިލާވަޅު ލިބިގަނެފި އަޅަކީ، ހަލާކުވެދާ އަޅެއް ނޫނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *