ޖަނާޒާތައް ލޮލުން ދެކެދެކެ އުޅޭއިރުވެސް ނުވިސްނޭތާ
ފަނާވެ ތިމާ އެގޮތުގައިކަން ދަނީ ވިސްނާ އެކަކު ނެތްތާ
ތިމާގެ އަމިއްލަ ކާފަގެ ކާފަ ދުށުމުގެ ފުރުޞަތެއް ލިބިފައި
ތިމާޔަށް ނެތްކަމުގެ ސަބަބަށް ނަޒަރު ކުޅަ އެކަކުވެސް ނެތްތާ
ޢަޒާބު، ސަވާބު، އަދި މަޙުޝަރު، ޤަބޫލުނުކޮށް އުޅޭ މީހުން
ޖަޒާއެއް ހެޔޮ ނުއެދި އުޅުނަސް ވެދާކަން މަރު އެނގޭނޭތާ
އެކަން އެހެނަސްް ބަހާ ޢަމަލާ އުޅޭ އުޅުމުން ނުދަންނަ ފަދަވެ
އެކަނި މުދަލާއި ޖާހަށް އެދި ޤަތުލު އަނެކާ ނުކުޅައީސްތާ
ހަވާ ނަފުސަށް ލަގަން ދީގެން ލޮލާ ބޯ ކަނުކަމަށް ދެކެގެން
އަވާގައި ދުނިޔެ ދައްކައިދޭ މަގުން ހިނގަމުން ނުދާނޭތާ
އަޅާ ގެދޮރަކު ތިމާޔަށް ދެމި ނުހުރެވޭކަން އެނގޭނަމަވެސް
އަޅާ، ދުނިޔޭގެ ދަޅަ ފަހަމުން ދުވުން ހުއްޓައި ނުއެއްލައިތާ
އުޅެން ދުނިޔޭގެ ލިބެނީ އެއްފަހަރުކަން ހަނދުމަ ނެތިކޮށްފައި
ކުޅެން އަގުހުރި ވަގުތު ހުރިހައި އުޅޭއިރުގައި ނުވިސްނޭތާ
