
މަތީ ތަޢުލީމަކީ ވަކި މީހަކަށް އޮތް ޙައްޤަކަށް ނުވިތާ!
ޚަތީމުގެ އާޔަތަށްފަހު ފޮތް ހަރުން ގިނަ ޢިލްމު ހޯއްދެވިތާ!
ހުވަދު އަތޮޅުގެ ދަރީންގެ ތެރޭން ޝަރަފުވެރި ދަރި މި މާމެންދޫ
ސުވަރުގެ ލިބޭނެ ޢިލްމުން އެންމެ މަތިވެރި ޢިލްމު ހޯއްދެވިތާ!
ދިވެހި ގައުމުގެ ޒުވާނުންނަށް މަތީތަޢުލީމު ހޯދުމުގައި
ރިވެތި ޚުލުޤީ އިމުން ޑޮކްޓަރު ޝަހީމު މިސާލު ދެއްކެވިތާ!
ދަރުސްތަައް ޙިކުމަތުން ދެއްވައި ހިތާފިތް ސާފުކޮށް ދެއްވައި
ޢަރުޟު ޠޫލުގެ ތެރޭން ގައުމުގެ ޚަޠީބުން ހަގު އުފެއްދެވިތާ!
ހިޔާ ތަނަވަސް ލިބޭނޭ ގަސްތަކެއް ގައުމީ ރުވައި ދެއްވައި
ޚިޔާރު ކުރެއްވި ފޮނި މޭވާ ލިބޭގޮތް ފަހި ކުރެއްވެވިތާ!
ޒަމާނީ އޮއިވަރާ ބެހިގެން ނުދާނެ ދަރީން އުފެެެއްދެވުމަށް
ސަމާލުކަމެއް ނުހަނު ދެއްވައި ނަތީޖާ ފޮނި ނެރުއްވެވިތާ!
އުނގެނުމަށް އިސްނަގާ ހުރިހައި ދަރީންނަށް ހެޔޮ ނަމޫނާތައް
އުނގެނުމުގެ މަރުޙަލާ ތަކުގައި މިސާލު ޝަހީމު ދެއްކެވިތާ!
