އެއްސަފަށް އެންމެން އަރައި އުއްމަތުގެ ދިދަ އުފުލާށެވީ
ލެއްވި ހެޔޮ އުއްމަތުގެ އާރާ ބާރު ދަމަހަައްޓާށެވީ
ބައިބަޔަށް ބެހި ދުޝިމިނުވެ ތިބުގެ ޚިލާފާ ދުރުވެ ތިބެ
ޣައިރު މުސްލިމު ބާރުތައް ބަލިވާނެ ބާރެއް ލާށެވީ
ހިޖުރަޔަށްފަހު ދުނިޔެއަށް ފާޅުވި ޞަހާބީ ފައުޖު އޮތް
އިޖުތިމާޢީ އުއްމަތުގެ ރަންޤަރުނު އަދި ގެންނާށެވީ
ކޮންމެކަމަކަށް ޙައްލުއޮތް މަތިވެރިފޮތަށް ކިޔަމަންވެ ތިބެ
ކޮންމެ މުސްލިމަކީ އަނެއް މުސްލިމުގެ އަޚަކަށް ވާށެވީ
ޔޫރަޕޭ ހުޅަނގޭ ކިޔޭ މީހުންގެ ގުޅުމަށް ނަޒަރުކޮށް
ކޫރުމެއް ނޭޅޭ ބަދަހި ގުޅުމުން އަލުން ގުޅިލާށެވީ
ލަސްކަރެެއް ގަދަފަދަ އުފައްދައި ދުޝްމިނުން ބިރުގަންނަހައި
މަޝްރަޙަށް އުއްމަތުގެ ރައްކާ ތެރިކަމެއް ހޯދާށެވީ
ދައުލަތެއް ފަހަރަކު ފަނާކޮށް މުޅި މިއުއްމަތް ދިޔަނުދޭން
ގައުމުތައް ގުޅިގެން އުފައްދާ ލަސްކަރެެއް ނެރެދޭށެވީ
